މަސައްކަތް
ނަންބަރު: (IUL)GS-30/GS-30/2022/11
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި:
06 އޮކްޓޫބަރު 2022 13:00
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި މަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެފަރާތެއް ހޯދުން (ފަސްވަނަ އިއުލާން)
ގދ.އަތޮޅު މަދަރުސާ ގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދިނުމަށް ހަތަރުވަނަ ފަހަރަށް ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ވިޔަފާރި އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 ސެޕްޓެންބަރ 2022 އިން 06 އޮކްޓޯބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި މަދަރުސާގެ އީމެއިލްއަށް [email protected] މަޢުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.
2.1- މަޢުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް :
2.2- އީމެއިލް އެޑްރެސް:
2.3- ގުޅޭނެ މޯބައިލް ނަންބަރު:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 10:30 ގައި މަދަރުސާގެ އިދާރާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 19 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 10:30 ގައި ގދ.އަތޮޅު މަދަރުސާ ގެ އިދާރާގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް މި މަދަރުސާގެ އިދާރާއިން ބީލަން ފޮތް އީމެއިލުގެ ޒަރީޢާއިން ފޮނުވައިދޭނެއެވެ.
- އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.އަތޮޅު މަދަރުސާ
ގައްދޫ ، ދިވެހިރާއްޖެ.
ފޯން: 7983083
އީމެއިލް: [email protected]
22 ސެޕްޓެންބަރު 2022