މަސައްކަތް
ނަންބަރު: (IUL)438-PRCU/1/2014/72
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 09 ނޮވެންބަރު 2014 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެއަރކޮންޑިޝަނިންގ ސިސްޓަމް ސަޕްލައިކޮށް، ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއަށް ވާރކިންގ ސްޕޭސްގެ ގޮތުގައި ލިބިފައިވާ ގޯޑައުން އިމާރާތުގެ 1ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯގައި މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް އެއަރކޮންޑިޝަނިންގ ސިސްޓަމް (އިންވާޓަރ ޓައިޕް) ސަޕްލައިކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)438-PRCU/1/2014/69)ފ(20 އޮކްޓޫބަރު 2014) އާ ގުޅިގެން ދީފައިވާ މަޢުލޫމާތުޝީޓުގައިވާ ބައެއް މަޢުލޫމާތުތައް ބަދަލުވެފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތުޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މި މިނިސްޓްރީގެ ނަންބަރު 3018337/3018320 އާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެންބަރު 2014 ވާ އާދީއްތަ ދަވަހުގެ 11:00 ގައި މިމިނިސްޓްރީގެ 1 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

30 އޮކްޓޫބަރު 2014