ދިވެހިރާއްޖެ
ގދ. ފިޔޯރީގައި ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ޕަވަރގޭޓް ޕިކަޕެއް މިކައުންސިލަށް ގަންނަން ބޭނުންވެއެވެ. ވީމާ ޕަވަރގޭޓް 1.5 ޓަނުގެ ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް، މިކައުންސިލުން ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 4 އޮކްޓޯބަރ 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 9 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 4 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރެވޭ އީމެއިލްތަކަށް 5 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖަވާބު ދެވޭނެއެވެ. އަދި މިއިދާރާގެ ފޯން ނަމްބަރަށް (4002526) ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވިދާނެއެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.