ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ހޮސްޕިޓަލުގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: URH/IUL/2014/36ފ(16 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތެއް ކަމުގައިވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން ހޮސްޕިޓަލްގައި ކުރަންޖެހޭ ބައެއް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ 7 ވަނަ ފަންގިފިލާގައިވާ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
06 މުޙައްރަމް 1436