ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)32-A/1/2014/78
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 19:37
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބުގެ ވޯޓުފޮށި ބަހައްޓާ ތަންތަނާއި ވޯޓުފޮށީގެ ނަންބަރުތައް

އިޢުލާން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވައިލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބުގެ ވޯޓުފޮށި ބަހައްޓާ ތަންތަނާއި ވޯޓުފޮށީގެ ނަންބަރުތައް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 2008 /10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހު ހެނދުނު 08:30 އިން ހަވީރު 4:30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ވޯޓުފޮށި ބަހައްޓާ ތަންތަނާއި ވޯޓުފޮށީގެ ނަންބަރުތަކާއި އެ ފޮށިތަކަށް ވޯޓުލުމަށް ހަމަޖެހިފައިވާ ފަރާތްތައް ތިރީގައި މިވަނީއެވެ.

ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށި ހުންނަ ތަން

ވޯޓުލުމަށް ހަމަޖެހިފައިވާ ފަރާތްތައް

JSCLawyers-01

ވެލާނާގެ ދެވަނަ ފަންގިފިލާ (ޕްރެސް ރޫމް)

މާލެގައި ވޯޓުލާ ފަރާތްތައް

JSCLawyers-02

ވެލާނާގެ ހަވަނަ ފަންގިފިލާ (އެޓަރނީ ޖެނެރަލްގެ އޮފީހުގެ ރިސެޕްޝަން ސަރަޙައްދު)

މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 9 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާފަދައިން، ވޯޓުލާން އަންނައިރު މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑު ނުވަތަ ޕާސްޕޯޓް ގެންނަންވާނެއެވެ. އަދި އެ އުޞޫލުގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ވޯޓުލާގަޑި ނިމޭއިރު ހާޒިރުވެތިބި ޤާނޫނީ ވަކީލުން ވޯޓުލައި ނުނިމޭނަމަ، އެގަޑި ހަމަވާއިރު ވޯޓުލުމުގެ ކިއުގައި ތިބި ޤާނޫނީ ވަކީލުން ވޯޓުލައި ނިމެންދެން ވޯޓުލުން ކުރިޔަށް ގެންދެވޭނެއެވެ. މި އިންޚާބުގައި ބަހައްޓާ ވޯޓުފޮށިތަކަށް ވޯޓުލުމަށް ހަމަޖެހިފައިވާ މީހުންނާއި މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ފެކްސް މެދުވެރިކޮށް ވޯޓުލުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުގެ ލިސްޓު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް www.agoffice.gov.mv  އިން ލިބެން ހުންނާނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ވޯޓުލައި ނިމޭތާ 6 (ހައެއް) ގަޑިއިރު ތެރޭގައި ވޯޓު ގުނައި ނިންމައި، އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރެވޭނެއެވެ. އަދި އިންތިޚާބުގެ ވަގުތި ނަތީޖާ އިޢުލާންކުރާތާ 24 (ސައުވީސް) ގަޑިއިރު ތެރޭގައި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރެވޭނެއެވެ.

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

5 މުޙައްރަމް 1436 

29 އޮކްޓޫބަރު 2014