ތަމްރީނު
ނަންބަރު: (IUL)475-Schol/475/2022/153
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 20 އޮކްޓޫބަރު 2022 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް 2022 King Mongkut's University of Technology Thonburi (KMUTT), Thailand

އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް 2022

King Mongkut's University of Technology Thonburi (KMUTT), Thailand

1  މާސްޓަރ ޑިގްރީ

1  ޕީ.އެޗް.ޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

ކިންގް މޮންގްކުޓް ޔުނިވަރސިޓީ އޮޕް ޓެކްނޮލޮޖީ ތޮމްބްރީގައި ކިޔަވައިދޭ މާސްޓަރ ޑިގްރީ އަދި ޕީ.އެޗް.ޑީ ޕްރޮގްރާމްތަކުގެ މައުލޫމާތު މިލިންކުން ލިބިވަޑައިގަންނަވާނެ: https://drive.google.com/file/d/19W8_qVL9e3rh6HKLYnM74XfhmpqUee-L/view

https://drive.google.com/file/d/1Qf4NhuVzESjS0pqT878SfGomcGYNffmn/view

ކޯހުގެ ދާއިރާ:

ތައިލޭންޑް

ޤައުމު:

King Mongkut's University of Technology Thonburi (KMUTT)

އިންސްޓިޓިއުޓް:

މާސްޓަރ ޑިގްރީ

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

ޕީ.އެޗް.ޑީ

1. ހުށަހަޅުއްވާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން

2. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

އެދިވަޑައިގަންނަވާ ކޯހާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

 

1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

3.އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ހުށަހަޅުއްވަން ޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4.މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖުގެ ކޮޕީ.

5. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

6.ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

7.މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

8.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

9.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

- މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހޮވޭ ކެންޑިޑޭޓުންގެ ޓިއުޝަން ފީ، ހަމަޖެހިފައިވަނީ “KMUTT International Scholarship Program (KSIP)"  އަދި " Petchra Pra Jom Klao Scholarship” ގެ ތެރެއިންނެވެ.

- މި ސްކޮލަރޝިޕްގެ ދަށުން މާސްޓަރ ޑިގްރީ ކިޔެވުމަށް ހޮވޭ  ކެންޑިޑޭޓަށް މަހަކު 300 އެމެރިކާ ޑޮލަރު، ޕީ.އެޗް.ޑީ ކިޔެވުމަށް ހޮވޭ ކެންޑިޑޭޓަށް މަހަކު 570 އެމެރިކާ ޑޮލަރުގެ ރޭޓުން ސްޓައިޕެންޑް އަދި ކޯހުގައި ކިޔެވުމަށް ދިއުމަށާއި އައުމަށް އެއަރ ޓިކެޓް ކޯސް އިންތިޒާމު ކުރައްވާ ފަރާތުން ހަމަޖައްސާދެވޭނެއެވެ. އެހެން ޚަރަދުތައް ( ވިސާ ހޯދުމާއި ވިސާގެ ޙަރަދުތައްފަދަ) ހަމަޖައްސަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ.

- މި ސްކޮލަރޝިޕަށް ހޮވޭ ހުރިހާ ދަރިވަރުންގެ ނޮމިނޭޝަން މި މިނިސްޓްރީ އިން ހެދުމަށް ފަހު ފައިނަލް ސިލެކްޝަން ހަދާނީ ޔުނިވަރސިޓީގެ ފަރާތުންނެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މައުލޫމާތު:

ސުންގަޑި: 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

20 ސެޕްޓެންބަރު 2022