މަސައްކަތް
ނަންބަރު: (IUL)306/306/2014/1029
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 02 ނޮވެންބަރު 2014 10:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރެފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ.

އިޢުލާނު 

މިކައުންސިލްގެ ނަންބަރު (IUL)306/306/2014/1021 (17 ސެޕްޓެންބަރު 2014) ގެ ޢިއުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތާ ގުޅިގެން ބިޑް ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން ޢިއުލާންކުރަމެވެ.

ބީލަން ހުށަހެޅުމުގެ ދައުވަތު

1. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ހުކުރުމިސްކިތުގެ ދެކުނުން އޮތް ސަރަހައްދާއި އަދި ޕްރީސްކޫލް އައު އިމާރާތުގެ ދެކުނުން އޮތް ހުސް ސަރަހައްދުގައި ވާރެފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

2. ބީލަން ފޮތް 29 އޮކްޓޫބަރު 2014 އިން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30އަށް މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. 

3. މިމަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ރަސްމާދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 6 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި އޮންނަން ވާނެއެވެ.

   ހ. " މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ހުކުރު މިސްކިތުގެ ދެކުނުން އޮތް ސަރަހައްދާއި އަދި ޕްރީސްކޫލް އައު އިމާރާތުގެ ދެކުނުން އޮތް ހުސް ސަރަހައްދުގައި ވާރެފެން ނަގައި ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް"

   ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

   ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

5. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

                             4 މުޙައްރަމް 1436

28 އޮކްޓޫބަރު 2014