ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ މަޒާރާ ކިޔާ ގެއާއި އިންވެގެން އުތުރު ފަރާތުގައި ހަދައިފައިވާ ކައުންސިލްގެ ޢިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ
ހޯރަފުށީ ރައްޔިތުންގެ ޢިމާރާތެއް ކަމުގައިވާ ހއ.ހޯރަފުށީ މަޒާރާ ކިޔާ ގެއާއި އިންވެގެން އުތުރު ފަރާތުގައި ހަދައިފައިވާ ޢިމާރާތް 15 އަހަރަށް ކުއްޔަށް ދޫކުރުމަށް ރަށު ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 33/2022 (10 އޮގަސްޓް 2022) ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމައިފައެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ސުންގަޑި |
ބިޑު ހުށަހެޅުމަށް ރަޖިސްޓްރީވުން ބިޑު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބިޑްގައި ރަޖިސްޓްރީވުމަށް https://docs.google.com/forms/d/e/1FAIpQLSckxa9Yzww8EQ0cBQ4saHp8P5MF_pGR9pSS828_uoX9ZwYKRA/viewform?usp=pp_url މި ލިންކް މެދުވެރިކޮށް ދީފައިވާ ސުންގަޑީގެ ކުރިން ރަޖިސްޓްރީވުން އެދެމެވެ. ބިޑާގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމް 2022 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީގައި ދީފައިވާ އީމެއިލަށް މެއިލް ކުރެވޭނެއެވެ. |
27 ސެޕްޓެންބަރު 2022 |
އަންގާރަ |
11:30 |
ޕްރީބިޑް މީޓިންގ މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތުގެ އިތުރަށް މަޢުލޫމާތެއް ސާކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި ބައްދަލުވުމަށް ޙާޟިރުވުން އެދެމެވެ. ނުވަތަ އޮންލައިންކޮށް ބައިވެރިވުމަށް އެދޭފަރާތްތަކަށް ފޮނުވާ މީޓިން ލިންކު މެދުވެރިކޮށް ބައިވެރިވުން އެދެމެވެ. |
29 ސެޕްޓެންބަރު 2022 |
ބުރާސްފަތި |
11:30 |
ބީލަން ހުށަހެޅުމުގެ ސުންގަޑި ބީލަން ހުށަހެޅުން އޮންނާނީ ހޯރަފުށީ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ސުންގަޑީގެ ކުރިން ޙާޟިރުވާ ފަރާތްތަކަށެވެ. ބީލަންތައް ކަނޑާނީ ބީލަން ހުށަހަޅަން ޙާޟިރުވާ ފަރާތްތަކުގެ ޙާޚިރުގައެވެ. |
04 އޮކްޓޯބަރ 2022 |
އަންގާރަ |
11:30 |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޞަފަރު 1444
20 ސެޕްޓެންބަރު 2022