ދިވެހިރާއްޖެ
އިޢުލާން
ޕާސްޕޯޓް ހެދުމަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެ، އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ބޭނުންވާ ނަންބަރު ބައެއް ފަރާތްތަކަށް ލިބެމުން ނުދާތީ، 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހު ހެނދުނު 07:30 އިން މެންދުރު 12:00 އަށް "ދިވެހި ޕާސްޕޯޓަށް އެދޭ ފޯމު" ހުށަހެޅުމަށް އެދޭ ފަރާތްތަކަށް ނަންބަރު ދޫކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެފަރާތްތަކުގެ ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް ތިރީގައި މިވަނީއެވެ.
|
ހުށަހަޅާ ނަންބަރު |
ޕާސްޕޯޓް ދޫކުރާގަޑި |
|
ހެނދުނު 08:00 އިން 09:30 އަށް ހުށަހަޅާ ފޯމުތައް |
30 އޮކްޓޫބަރު 2014 ދުވަހުގެ 13:30 އަށް |
|
1 އިން 150 ނަންބަރުގެ ތެރެއިން 09:30 ގެ ކުރިން ހުށަހެޅިފައިނުވާ ފޯމުތައް |
2 ނޮވެންބަރު 2014 ދުވަހުގެ 08:30 އަށް |
|
151 އިން 200 ނަންބަރަށް |
10 ނޮވެންބަރ 2014 ދުވަހުގެ 08:30 އަށް |
|
201 އިން 250 ނަންބަރަށް |
10 ނޮވެންބަރު 2014 ދުވަހުގެ 10:30 އަށް |
|
251 އިން 300 ނަންބަރަށް |
10 ނޮވެންބަރު 2014 ދުވަހުގެ 13:30 އަށް |
|
301 އިން 350 ނަންބަރަށް |
12 ނޮވެންބަރު 2014 ދުވަހުގެ 08:30 އަށް |
|
351 އިން 400 ނަންބަރަށް |
12 ނޮވެންބަރު 2014 ދުވަހުގެ 10:30 އަށް |
|
401 އިން 450 ނަންބަރަށް |
12 ނޮވެންބަރު 2014 ދުވަހުގެ 13:30 އަށް |
|
451 އިން 500 ނަންބަރަށް |
13 ނޮވެންބަރު 2014 ދުވަހުގެ 08:30 އަށް |
|
500 އިން 550 ނަންބަރަށް |
13 ނޮވެންބަރު 2014 ދުވަހުގެ 10:30 އަށް |
|
551 އިން 600 ނަންބަރަށް |
13 ނޮވެންބަރު 2014 ދުވަހުގެ 13:30 އަށް |
|
601 އިން 650 ނަންބަރަށް |
16 ނޮވެންބަރު 2014 ދުވަހުގެ 08:30 އަށް |
|
655 އިން ފެށިގެން މަތި |
16 ނޮވެންބަރު 2014 ދުވަހުގެ 10:30 އަށް |
މި ތާރީޚު ތަކުގައި ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، އިމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް، ޕާސްޕޯޓު ބޭނުންފުޅުވާ ފަރާތްތަކުން "މެޑިކަލް ސެޓުފިކެޓު" ހުށަހެޅުމުން ދޫކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
4 މުޙައްރަމް 1436