ބީލަން
ނަންބަރު: (IUL)230-AHI/230/2022/60
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 10 އޮކްޓޫބަރު 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފިނޮޅުތައް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުކުރާނެ ފަރާތެއް ހޯދުން

                          ބ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތިރީގައި ބަޔާންކޮށްފައިވާ ފިނޮޅުތައް ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމަށް، ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެދި، މިއިދާރާއިން ކުރެވުނު ނަންބަރު: (IUL)230-AHI/230/2022/44 އިޢުލާނާއި ގުޅިގެން ކަށިދުއްފަރު ފިނޮޅަށް އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އަލުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ލޮންޖިޓިއުޑް

ލެޓިޓިއުޑް

ނަން

#

72° 55' 60'' E

5° 17' 45'' N

ކަށިދުއްފަރު ފިނޮޅު

1

 

                          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 10 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 13:00އަށް މިކައުންސިލަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  •  ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، އެފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް، ބީލަމުގައި ރަޖިސްޓްރީވާއިރު ނުވަތަ [email protected] އީ-މެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. ސޯލް ޕްރޮޕަރިއޭޓަރޝިޕް، ޕާޓްނަރޝިޕް ނުވަތަ ކުންފުންޏެއްނަމަ އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ބީލަމުގައި ރަޖިސްޓްރީވާއިރު ނުވަތަ [email protected]  އީ-މެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ.

2-      ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އަމިއްލަ ފަރުދެއްނަމަ އެފަރާތުގެ ބަދަލުގައި ކަނޑައަޅާފައިވާ ފަރާތެއްކަން ބަޔާންކޮށްފައިވާ ލިޔުމަކާއި އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ސޯލް ޕްރޮޕަރިއޭޓަރޝިޕް، ޕާޓްނަރޝިޕް ނުވަތަ ކުންފުންޏެއްނަމަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތުގެ މައުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

3-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  03 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ، މިއިދާރާއަށް ލިޔުމުން ހުށަހަޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

4-      ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  10 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 13:05 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހެޅި އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

                        މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                        23   ޞަފަރު  1444

19 ސެޕްޓެންބަރު 2022