މަސައްކަތް
ނަންބަރު: (IUL)247-CA/247/2022/89
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 03 އޮކްޓޫބަރު 2022 11:29
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ހޯރަފުށީގައި ސްވިމިންގ ޓްރަކެއް ތަރައްޤީކުރުން

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

              ތިލަދުންމަތީ އިތުރުބުރީ ހޯރަފުށީގައި ސްވިމިން ޓްރަކެއް، ބީލަން ފޮތުގައި ދެވިފައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތާއި އެއްގޮތަށް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

              މި މިސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލްއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

މުއްދަތު: 2022 ސެޕްޓެމްބަރ 20 އިން 2022 ސެޕްޓެމްބަރ 26 އަށް

ތަން: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

އީ-މެއިލް:  [email protected]

އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

ރަޖިސްޓްރީ ނަންބަރު.

އީމެއިލް އެޑްރެސް.

ގުޅޭނެ މޯބައިލް ނަންބަރު.

އޮންލައިން ޕްރީބިޑް މީޓިން

ތާރީޙް: 2022 ސެޕްޓެމްބަރ 27 ވާ އަންގާރަ ދުވަހުގެ 11:30 ގައި

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

     ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 އޮކްޓޯބަރ 03 ވާ ހޯމަ ދުވަހުގެ 11:30 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތައް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ކޯޕަރޭޓް އެފެއާރޒް ސެކެޝަން

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން:  ހއ.ހޯރަފުށީގައި ސްވިމިން ޓްރަކް ތަރައްޤީކުރުމުގެ މަސައްކަތް

އިޢުލާނު ނަންބަރު:

ނޯޓް:

           މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށ ލިބިގެންވެއެވެ.

20 ސެޕްޓެންބަރު 2022