މަސައްކަތް
ނަންބަރު: (IUL)303-AS/303/2021/48ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 29 ސެޕްޓެންބަރު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ވިޔަފާރީގެ އާއިމާރާތުގެ ފިއުލްލައިން އަމިއްލަ ތަކެތީގައި މަސައްކަތްކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

      އުނގޫފާރު، ދިވެހިރާއްޖެ                                                    ނަންބަރ:  IUL-303-AS/303/2022/48

 

އިޢުލާން

      

ރައްޔިތުންގެ ވިޔަފާރީގެ އާއިމާރާތުގެ ފިއުލްލައިން އަމިއްލަ ތަކެތީގައި މަސައްކަތްކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

ސުރުހީގައި ދެންނެވިފައިވާ އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ ފިއުލްލައިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 26 ސެޕްޓެންބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާ އަށެވެ. އަންދާސީހިސާބް ހުށަހެޅުން އޮންނާނީވެސް ރ. އުނގޫފާރު ކައުންސިލް އިދާރާގައި 29 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަދަންނަވަމެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެބޭފުޅަކު މަޢުލޫމާތު ސާފްކުރަންވަން ވަޑައިގެންނެވީ ކޮންތަނެއް ތަމްސީލްކުރައްވަންކަން އެގިވަޑައިގަންނަވާނެ ލިޔުމާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތްތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ ފިއުލްލައިން އަޅައިދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ ރައްޔިތުންގެ ވިޔަފާރި ފިއުލްލައިން އަޅައިދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

 

1-      އަގަށް: (ހަތްދިހަ މާކުސް)

2-      މާލީ ތަނަވަސްކަމަށް: (ދިހަމާކުސް)

3-      ތަޖުރިބާއަށް: (ދިހަމާކުސް)

4-      ފިއުލްލައިން ނިންމުމަށް ހުށަހަޅާ މުއްދަތައް: (ދިހަމާކުސް)

        24 ސަފަރު  1444

        20 ސެޕްޓެންބަރ   2022   

20 ސެޕްޓެންބަރު 2022