މަސައްކަތް
ނަންބަރު: IUL-303-AS/2022/47ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 29 ސެޕްޓެންބަރު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރު ކައުންސިލްގެ ލޯގޯ ފަރުމާކުރުން

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                                          ނަންބަރ: IUL-303AS/303/2022/47

 

އުނގޫފާރު ކައުންސިލްގެ ލޯގޯ ފަރުމާކުރުން


އިޢުލާން

އުނގޫފާރު ކައުންސިލްގެ ލޯގޯ ފަރުމާކުރުން

 

        މިކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 10000:00 (ދިހަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.

 

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

 

  1. ފަރުމާ ކުރެވޭ ލޯގޯ އަކީ ރ.އުނގޫފާރު ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން އުނގޫފާރަށް ޙާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން.
  2. ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  3. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.
  4. ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަންވާނީ (#2871CC / R40,G113,B204)  ކުލައެވެ. މީގެއިތުރުން 1 ކުލަ ބޭނުންކުރެވިދާނެއެވެ.
  5. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ އަދި ޔުނީފޯމް ފަދަ ތަކެތީގައި ބޭނުންކުރެވޭ ގޮތަކަށެވެ.
  6. ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.

 

ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ މަޢުލޫމާތު

 

  1. ލޯގޯގެ PSD، PNG އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
  2. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.
  3. ލޯގޯ ފަރުމާކޮށްފައިވާ RAW  ފައިލް ހުށަހަޅަންވާނެއެވެ.
  4. ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
  5. ލޯގޯ ހުށަހެޅި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު
  6. ލޯގޯއިން ރަމްޒުކުރާ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
  7. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.
  8. ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.

 

މާކްސް ދެވޭގޮތުގެ ތަފްސީލް:

 

  1. ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
  2. ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.
  3. އުނގޫފާރު ރަމްޒުކޮށްދޭ މިންވަރު.
  4. ލޯގޯ ފަރުމާތަކަށް އިންސާފުކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.

 

 މާރކްސް ދެވޭނެ މިންގަނޑު

މާރކްސް ދެވޭ ބައިތަކާއި މިންގަނޑުތައް

ކަނޑައެޅިފައިވާ ޕަސެންޓޭޖް

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

30

އުފެންދުންތެރިކަމާއި މަސައްކަތްތެރިކަން

30

އަމިއްލަވަންތަކަން

20

އުނގޫފާރު ރަމްޒުކޮށްދީފައިވާ މިންވަރު

20

އިތުރު މައުލޫމާތު

 

މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓް ކޮޕީ އަދި އިޢުތިރާޒެއް ނެތްކަން ބަޔާންކޮށްފައިވާ ސިޓީއާއި އެހެނިހެން ލިޔުންތައް 2022 ސެޕްޓެންބަރ 29 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ މިއިދާރާގެ  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރުމައުލޫމާތު ސާފްކުރެއްވުމަށް ކައުންސިލްގެ ނައިބް ރައީސް ޔޫސަޢު ނަޝީމްގެ ނަމްބަރ:7848488 ފޯނާއި ގުޅުއްވުން އެދެމެވެ.

                 ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

                 24 ސަފަރު 1444

                 20 ސެޕްޓެންބަރ 2022

     

20 ސެޕްޓެންބަރު 2022