މަސައްކަތް
ނަންބަރު: (IUL)438-ENV/438/2022/398
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 02 އޮކްޓޫބަރު 2022 00:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެންދެރި ޕްރޮޖެކްޓްގެ ފައިނޭންޝަލް އޮޑިޓް ކުރާނެ ފަރާތެއް ހޯދުމަށް

ބީލަން ޝައުގުވެރިކަން ހުށަހެޅުމުގެ ދައުވަތު

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"  މަޝްރޫޢުގެ ފައިނޭންޝަލް އޮޑިޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ  އިން އަރުވަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ފުރިހަމަކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާ ފޯމް،  މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ. ހުށަހަޅަންޖެހޭ މައުލޫމާތުގެ އިތުރު ތަފްޞީލް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ވާ "ޓާރމްސް އޮފް ރެފަރެންސް" ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯރމްތަކުގެ ޓެމްޕްލޭޓް ތައް ވެސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ.   މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އާއި ފޯމްތަކުގެ ޓެމްޕްލޭޓްތައް މި  މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ، 2 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ،  2 އޮކްޓޯބަރ 2022 އާދިއްތަ ދުވަހުގެ 10:00 ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 26 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި

 ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

އެޕްލިކޭޝަން ޓައިޓްލް: ފައިނޭންޝަލް އޮޑިޓް – އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" ޕްރޮޖެކްޓް

“Do not Open Before 2nd October 2022 at 1000hrs – “Financial Audit for ENDhERI – (IUL)438-ENV/438/2022/398

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

20 ސެޕްޓެންބަރު 2022