ދިވެހިރާއްޖެ
އިޢުލާން
މިކުންފުނިން ކޯޕަރޭޓް އަދި ޑެލިވަރީ ސްޓާފުންގެ ސްޓާފް ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއްހޯދުމަށް 16 އޮގަސްޓް 2022 ކުރެވުނު އިއުލާން , އިއުލާން ނަންބަރު (MGPL-I/PD/2022/21) އެކަޝީގެންވާ ތަރުހީބު ނުލިބުމުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
25 ސެޕްޓެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ) |
އަންދާސީ ހިސާބު ހުށަހެޅުމަށް |
06 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ) |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- އަގު: ކޯޓޭޝަންގައި ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަންވާނެއެވެ.
- ސާމްޕަލް: ޕްރޮޕޯސަލް އާއި އެކު ސާމްޕަލް ހުށަހަޅަންވާނެއެވެ.
- މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.
- ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އޭގެ ތަފްސީލް ،ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނޭ ފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މައުލޫމާތު ސާފުކުރު މާއި އަގުހުށަހެޅުން އޮންނާނީ މޯލަޑިވްގޭސް ހެޑް އޮފީސް ( އެސް.ޓީ.އޯ ޓްރޭޑް ސެންޓާރ 2 ވަނަފަންގިފިލާ) ގަ އެވެ.
19 ސެޕްޓެމްބަރު 2022
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614