ޢާންމު މަޢުލޫމާތު
ނަންބަރު: D-381/IUL/2022/64
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 15 އޮކްޓޫބަރު 2022 22:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ބަންޑަރަ ގޯއްޗަށް އެދި ފޯމްހުށަހެޅުމަށް ކޮށްފައިވާ ޢިއުލާނާ ގުޅޭ

ކުޑަހުވަދޫން ބަންޑާރަ ގޯޗަށްއެދި ފޯމް ހުށަހެޅުމަށް ކޮށްފައިވާ ޢިއުލާނާއި ގުޅޭ.

 

              ކުޑަހުވަދޫން ބަންޑާރަ  ގޯއްޗަށް އެދި  ފޯމް ހުށަހެޅުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: D-381/IUL/2022/59  ( 30 އޮގަސްޓް 2022 ) ގެ ޢިއުލާނާއެކު އެޓޭޗްކުރެވިފައިވާ ލިޔެކިޔުންތަކުގައި ބައެއް ކުށް ހުރިކަން ފާހަގަ ކުރެވިފައިވެއެވެ. މިއީ އިދާރީއޮޅުމެއް ކަމަށްވާތީ މިކަންކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވަމެވެ. އެއީ؛

  • ގޯއްޗަށް އެދި ހުށަހެޅުމަށް، ގެޒެޓްކުރެވިފައިވާ ފޯމުގައި އެޓޭޗް ކުރެވިފައިވާ އިޤްރާރަކީ އިދާރީ އޮޅުމަކުން އެޓޭޗްކުރެވިފައިވާ އިޤްރާރެކެވެ. ނަމަވެސް މިއިދާރާއިން ދޫކޮށްފައިވާ ފޯމްތަކުގައި އެޓޭޗްކުރެވިފައިވާނީ ރަގަޅު އިޤްރާރުކަމުގައި ދަންނަވަމެވެ. އަދި ރަގަޅު އިޤްރާރު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު އެޓޭޗް ކޮށްފައިވާ " ފޯމް ފުރާނެގޮތުގެ އިރުޝާދުގެ" 6.9 ވަނަ ނަންބަރާއި ގުޅޭ ތަނެއްވާނަމަ، މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު، އެފަދަތަނެއް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުންވެސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ އިޤްރާރު ފުރިހަމަކޮށް ފޯމާއެކު ހުށަހެޅުއްވުން އެދެމެވެ.

 

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ލިސްޓްގެ 8ވަނަ ނަންބަރުގައި ހަވާލާދީފައިވާ ( 5ވަނަ ޕޮއިންޓް) ލިޔެވިފައިވަނީ އިދާރީ އޮޅުމަކުންނެވެ. ރަގަޅުގޮތަކީ 7ވަނަ ޕޮއިންޓްކަމުގައިވެސް ދަންނަމެވެ.

 

 

ކެޓަގަރީ " A "

  • ގައިޑްލައިންގެ ޖަދުވަލު 2 – ކެޓަގަރީ " A " ޕޮއިންޓް  އުނިކުރުމަށް  ކަނޑައަޅާފައިވާ ގޮތުގެ ތަފްޞީލްގެ ( ހ ) ގައި " 7.1 ގެ (އ) " ކަމުގައިވަނީ އިދާރި ކުށެކެވެ. ރަގަޅު ގޮތަކީ 7.1 ގެ (ކ) އެވެ. އަދި

 

  • ގައިޑްލައިންގެ ޖަދުވަލު 2 – ކެޓަގަރީ " A " ޕޮއިންޓް  އުނިކުރުމަށް  ކަނޑައަޅާފައިވާ ގޮތުގެ ތަފްޞީލްގެ ( ށ ) ގައި " 7.1 ގެ (ވ) " ކަމުގައިވަނީ އިދާރި ކުށެކެވެ. ރަގަޅު ގޮތަކީ 7.1 ގެ (އ) އެވެ.

 

ކެޓަގަރީ " B "

 

  • ގައިޑްލައިންގެ ޖަދުވަލު 4 – ކެޓަގަރީ " B " ޕޮއިންޓް  އުނިކުރުމަށް  ކަނޑައަޅާފައިވާ ގޮތުގެ ތަފްޞީލްގެ ( ހ ) ގައި " 7.1 ގެ (އ) " ކަމުގައިވަނީ އިދާރި ކުށެކެވެ. ރަގަޅު ގޮތަކީ 7.1 ގެ (ޅ) އެވެ.

 

  • ގައިޑްލައިންގެ ޖަދުވަލު 4 – ކެޓަގަރީ " B " ޕޮއިންޓް  އުނިކުރުމަށް  ކަނޑައަޅާފައިވާ ގޮތުގެ ތަފްޞީލްގެ ( ށ ) ގައި " 7.1 ގެ (ވ) " ކަމުގައިވަނީ އިދާރި ކުށެކެވެ. ރަގަޅު ގޮތަކީ 7.1 ގެ (ކ) އެވެ.

ދަންނަވަމެވެ. މިއީ އިދާރީގޮތުން ލިޔެވިފައިވާ ކުށަކަށްވާތީ، މިކަން އިސްލާހްކޮށް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

19 ސެޕްޓެންބަރު 2022