މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ވަކި ދާއިރާތަކުން ޚަބަރާއި މައުލޫމާތާއި، ރިޕޯރޓްތައް ގެނައުން އިތުރުކުރުމަށްޓަކައި، ނޫސްވެރިންނަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ގްރާންޓް" ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލަމެވެ.
|
ދާއިރާތައް:
|
މިފަހަރު ނޫސްވެރިންނަށް ގްރާންޓް ދިނުމަށް ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތަކަކީ:
- މޫސުމާއި ތިމާވެށި
- މިންތީގެ ހަމަހަމަކަން
- ހެޔޮ ވެރިކަން
- ފައިނޭޝިއަލް ރިޕޯޓިންގ
- އިންވެސްޓިގޭޓިވް ޖާނަލިޒަމް
|
ފުރުސަތު އަދި ފައިސާގެ އަދަދު:
|
3 ފުރުސަތު، ކޮންމެ ގްރާންޓްއަކަށް -/4,000 ރުފިޔާ
|
ގްރާންޓްއަށް އެދި ހުށަހަޅާ ނޫސްވެރިޔާ އަދި މީޑިއާގެ އަސާސީ ޝަރުތުތައް:
|
- ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ މީޑިއާއެއްގައި ޚިދުމަތްކުރާތާ (އެކެއް) އަހަރުވެފައިވާ ދާއިމީ ނޫސްވެރިއެއް ކަމުގައިވުން.
- އެ މީޑިއާއަކުން ނުވަތަ އެމީޑިއާއެއްގެ ރަޖިސްޓަރޑް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ ގަވައިދުން ދައްކަމުންދާ މީޑިއާއަކަށްވުން
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުތަކައި ޤަވާއިދުތަކުގެ ދަށުން އެ މީޑިއާއެއްގެ މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިކޮށް ގަވައިދުން ފައިސާދައްކަމުންގެންދާ މީޑިއާއަކަށްވުން
|
ގްރާންޓްއަށް އެދި ހުށަހެޅުން
|
- ގްރާންޓު ހޯދުމަށް އެދި ހުށަހަޅާނީ "ގްރާންޓް އެޕްލިކޭޝަން ފޯމް"، މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ގްރާންޓް" ސްކީމާގުޅޭ އުސޫލުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ފޯމުންނެވެ.
- ގްރާންޓު ހޯދުމަށް ހުށަހަޅާ ފޯމާއެކު، 100 ބަހަށް ވުރެ ދިގު ނޫން ހިމެނޭ ސްޓޯރީ އައިޑިއާއެއް ހުށަހަޅަން ވާނެއެވެ. ސްޓޯރީ ގެ ސުރުޚީގައި ޕްރޮޕޯޒަލް އިންފޮމޭޝަން ސޯސް، ސްޓޯރީގެ އޭންގަލް އަދި ސްޓޯރީ ޔުނީކް ކޮށްދެނީ ކޮންކަމެއްކަން ހިމަނަން ވާނެއެވެ. އަދި، ފޯމާއެކު ހުށަހެޅުމަށް އިރުޝާދުދީފައިވާ އެހެނިހެން އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
|
ގްރާންޓް ދިނުމުގައި ބަލާނެ މިންގަނޑު:
|
މިގްރާންޓް ދިނުމަށް ކަނޑައެޅުމުގައި، ސްޓޯރީގެ އިންފޮމޭޝަން ސޯސް، ސްޓޯރީގެ އޭންގަލް އަދި ސްޓޯރީ ޔުނީކްކަމާއި، ހަރުދަނާކަމާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ކަމަށް ބެލެވޭ އަސަރުތަކަށް ރިޢާޔަތްކުރެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ "ގްރާންޓް އެޕްލިކޭޝަން ފޯމް"
- ނޫސްވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ މައުލޫމާތު ސާފުކޮށް ކިޔަން އެނގޭ ކޮޕީ
- ސީވީ
- 100 ބަހަށް ވުރެ ދިގު ނުވާގޮތަށް، ގްރާންޓް ސްޓޯރީ އައިޑިއާ/ ސިނޮޕްސިސް
- މަދުވެގެން 1 އަހަރުދުވަހު ފުލްޓައިމް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން އެނގޭ ޖޮބް ރެފަރެންސް ލެޓަރ (މީޑިއާގައި އަދާކުރާ މަގާމާއި، ކުރާ މަސައްކަތާއި، އަދި މުއްދަތާއެކު)
- މީޑިއާ ރަޖިސްޓްރޭޝަން ސެޓްފިކެޓް ނުވަތަ ލިޔުން
- މީރާއިން ދޫކޮށްފައިވާ ޓެކްސް ކްލިއަރެންސް ލިޔުން
- ފެންޝަން އޮފީހުގައި ރަޖިސްޓްރީކޮށް ގަވައިދުން ކޮންޓްރިބިއުޝަން ދައްކާކަން އެނގޭނެ ލިޔުމެއް
|
އެހެނިހެން މައުލޫމާތު:
|
- ގްރާންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ގްރާންޓް ލިބޭތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ ލިޔުން ނުވަތަ ރިޕޯރޓް ޕަބްލިޝް ކުރަންވާނެއެވެ. އަދި އެކަން ކައުންސިލަށް އަންގަންވާނެއެވެ.
- ގްރާންޓުގެ ދަށުން ޝާއިޢުކުރާ ލިޔުންތައް ޝާއިޢުކުރާއިރު، ކައުންސިލުން ކަނޑައަޅާ ނިޝާނެއް ނުވަތަ ބެޖެޓެއް އެ ލިޔުމެއްގައި ހިމަނަންވާނެއެވެ.
|
އެދެންވީގޮތާއި ސުންގަޑި:
|
ގްރާންޓަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (02 އޮކްޓޯބަރު 2022) ގެ (13:00) ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ގްރާންޓަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ ގްރާންޓް އެޕްލިކޭޝަން ފޯމުތައް ކައުންސިލަށް ލިބުނުތޯ ޔަޤީން ކުރުމަކީ ގްރާންޓަށް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.
ނޯޓް: އީ-މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ގޮތަށް) ޕީޑީއެފް (PDF) ފޯމެޓްގައި މެއިލް ކޮށްދެއްވުން އެދެމެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3003995 ނަންބަރު ފޯނާއެވެ.
އީ-މެއިލް ކުރާނީ [email protected]އަށެވެ.
|