ވަޒީފާގެ ފުރުޞަތު
ނަންބަރު: 46/2014/I/HR-170
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 06 ނޮވެންބަރު 2014 14:00
ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ ގުރޭޑް 1

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު:

އެސިސްޓެންޓް ލެކްޗަރަރ ގުރޭޑް 1

ބޭނުންވާ އަދަދު

1 (އެކެއް)

ރޭންކް:

އެމް. އެސް. 2 (މެނެޖީރިއަލް ސަރވިސް 2 )

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް:

  1. މުސާރަ: މަހަކު -/6295 ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/3500 ރުފިޔާ
  3. ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް:

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން:

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، މާލެ

ސެކްޝަން/ ޔުނިޓް:

އެކެޑެމިކް ސެކްޝަން/އިސްލާމިކް ސްޓަޑީޒް އެންޑް ހިއުމަން ސައިންސަސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ކަނޑައެޅިފައިވާ ގޮތުގެމަތިން އެކިފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.

2- ތަޚައްޞުޞުވެފައިވާ ދާއިރާއިން މުޤައްރަރުތައް ފަރުމާކުރުމާއި، ކިޔަވައިދޭ މުޤައްރަރުތައް އިޞްލާޙުކުރުން.

3- ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ތައްޔާރުކުރުމާއި އެސެސްކުރުން.

4- ކިޔަވައިދޭ މާއްދާތަކާގުޅޭ އިދާރީ މަސައްކަތް ކުރުން.

5- ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.

6- ޓިއުޓޯރިއަލާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.

7- ކިޔަވައިދޭ މާއްދާއާބެހޭ ދިރާސާތައްކޮށް، ދިރާސާތަކާއި މާއްދާއާބެހޭ ރިފަރެންސްފޮތް އެކުލަވާލުމުގައި ކުއްލިއްޔާގެ ޢިލްމީ ދިރާސާކުރާ ޝެކްޝަނަށް އެހީތެރިވުން.

8- ދަރިވަރުންނާއެކު ކިޔަވައިދޭ މާއްދާތަކާ ބެހޭގޮތުން މަޝްވަރާތައް ބޭއްވުން.

9- މާއްދާ ކޯޑިނޭޓުންކުރުން.

10- ދަރިވަރުންގެ އަޚްލާޤާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ނަފްސާނީ އަދި ޖިސްމާނީ  ދުޅަހެޔޮކަމަށް އަޅާލުން.

11- ކޯސް ކޯޑިނޭޓްކުރުން.

12- މަރުކަޒާއި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުން.

13- ކުއްލިއްޔާގެ ދަރިވަރުންނާ ގުޅޭ ކޯކަރިއުލަރއާއި އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީތައް ރާވައި ހިންގުމުގައި ކުއްލިއްޔާއަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

2- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީންދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި    3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ތަމްރީންދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

4- މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، އެމް.އެސް. 1 ރޭންކުގެ ތަމްރީނުދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބަ ލިބިފައިވުން.

ބޭނުންވާ ދާއިރާއިން

ޤުރްއާން (1 އެކެއް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

  1. މަތީގައި ދެންނެވުނު ޝަރުޠުތަކުގެ އިތުރުން ކިޔަވައިދިނުމާއި، އިދާރީ ހަރަކާތްތަކުގެ ތަޖުރިބާ ހުރުން.
  2. ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު،       ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، ކުއްލިއްޔާގެ އިދާރާއިން ލިބޭނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ ކޮޕީ)  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަނަގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ދޫކުރެވޭ ނަމޫނާއާ އެއްގޮތަށް.

ވަޒީފާއަށް އެދޭ ފޯމް ފޮނުއްވަންވީ  ތާރީޚު:

2014 ނޮވެމްބަރު 6 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް.

އިންޓަރވިއު އޮންނަ ތަން:

ކުއްލިއްޔާގެ މީޓިންގ ރޫމުގައެވެ.

އިންޓަރވިއު ބޭއްވޭނެ މުއްދަތު:

2014 ނޮވެމްބަރު 9 ން 13 އަށް.

ޝޯޓްލިސްޓްކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށް އިތުރުވާކަމުގައިވާނަމަ، ތަޢުލީމާއި ތަމްރީނާއި ތަޖުރިބާއަށް ބަލައިގެން    10 ފަރާތެއް ޝޯޓްލިސްޓްކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ 10 ފަރާތާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުން އެދެމެވެ.

29 ޛިލްޙިއްޖާ 1435

                             

23 އޮކްޓޫބަރު 2014