ވަޒީފާގެ ފުރުޞަތު
ނަންބަރު: AFC/HR/2022/ 14
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 25 ސެޕްޓެންބަރު 2022 14:30
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ ކިއު.އޭ އިންސްޕެކްޓަރ

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ ކިއު.އޭ އިންސްޕެކްޓަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޮލިޓީ އެޝޫރެންސް ޑިޕާރޓްމެންޓު/ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

މުސާރަ:

 -/8401  ރުފިޔާ) އަށް ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 
  • ކޮއްތުފައިސާގެ ގޮތުގައި ދުވާލަކަށް -/60 ރުފިޔާ ދެވޭނެއެވެ.         

 

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހެއް ކަމުގައި ވުން.
  •  ކޮމްޕިއުޓަރުން އަހުލުވެރިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ދޯނިން ނަގާމަހުގެ ސެންސަރީ އިވެލުއޭޝަން ހެދުން، ސާމްޕްލިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ހިސްޓަމީން ބެލުމަށްޓަކައި ސާމްޕަލް ނެގުން.
    •   ކަލެކްޓަރ އުޅަނދުތަކުންނަގާ ރޯމެޓީރިލްސްގެ ސެންސަރީ އިވެލުއޭޝަން ހެދުން.
    •   ކެރިއަރ އުޅަނދުތަކަށް ގަނޑުކޮށްފައިވާ މަސްލޯރޑް ކުރާއިރު، އުޅަނދުގެ ޓެމްޕަރޭޗަރ ހިފެހެއްޓުމައި ބީބީޓީ މޮނިޓަރ ކުރުން.
    • ކެމިކަލްސްތަކާއި، ރީއެޖެންޓްސް ތައްޔާރުކޮށް، ސްޓޭންޑަޑައިޒްކުރުން.
    •  ޝެޑިއުލްއާއި އެއްގޮތްވާ ގޮތުގެމަތިން، ފެނާއި އައިސްގެ މައިކްރޮބައޮލޮޖިކަލް އެނަލިސިސް ހެދުން.
    • ޑެއިލީ ރިޕޯޓް، ވީކްލީ ރިޕޯޓް، އަދި މަންތްލީ ރިޕޯޓްތައް ކަނޑައެޅިފައި އޮންނަ ތާރީޚުތަކަށް ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
  • އީމެއިލް ކުރައްވާނީ  [email protected]
  •            [email protected]
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 25 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

 19ސެޕްޓެމްބަރ 2022

19 ސެޕްޓެންބަރު 2022