ދިވެހިރާއްޖެ
މި ރަށުގައި ޤާއިމްކުރުމަށް ފެށިފައިވާ ފެނުގެ ނިޒާމްގެ މަސައްކަތާއި ގުޅިގެން، ގޭގެ ވެރިފަރާތުން ކަނެކްޝަން ގުޅައިދިނުމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ. މި ފޯމް ހުށަހެޅުމުގައާއި، އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރެވޭނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރަމުންދާ ޤަވައިދު ނަމްބަރ 2022/R-90 '' މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢު ތަކުގެ ދަށުން، ނަރުދަމާގެ ޚިދުމަތް ގުޅައި ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވަޢިދު'' އާއި އެއްގޮތަށެވެ. އަދި ފީ އަކާނުލައި ފެން މީޓަރ ގުޅައިދިނުމުގައި ބެލެވޭނީ މިޤަވަޢިދުގެ 5ވަނަ ނަމްބަރ ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމު ބަލައި ގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަން ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
ވީމާ، މިޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން، ކަނެކްޝަންއަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 ނޮވެމްބަރ 2022ގެ ނިޔަލަށް ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ ޢިއުލާންކުރީމެވެ. އަދި މި މުއްދަތުގައި ރަސްމީގަޑީގައި މިފޯމް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު 2022/R-90 ނަމްބަރ ޤަވަޢިދު ޢާންމު ކުރެވިފައިވާނެއެވެ.