ޢާންމު މަޢުލޫމާތު
ނަންބަރު: GS-177/IUL/2021/09
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 26 ސެޕްޓެންބަރު 2022 11:00
ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ސްކޫލްގެ ވޯކްވޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މިސްކޫލްގެ ވޯކްވޭ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު GS-177/IUL/2022/08 (05 ސެޕްޓެމްބަރ 2022) ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހެޅުނު އެސްޓިމޭޓް ތަކުގައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލްކޮށްފީމެވެ.

ވީމާ، އަލުން ވޯކްވޭ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހު 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިސްކޫލަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު (2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު (2014/09) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. ކުންފުންޏަކުން އަދި ފަރުދުންގެ ވިޔަފާރިއެއްގެދަށުން މަޢުލޫމާތު ސާފުކުރަން ނުވަތަ އެސްޓިމޭޓް ހުށަހަޅަން އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އޭނާ އެއައީ ކޮންފަރާތަކުންކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ތިރީގައިއެވާ ގޮތަށް އެޑްރެސް ކުރެވިފައެވެ.

-          އަމިއްލަ ތަކެތީގައި ތ.ކަނޑޫދޫ ސްކޫލްގެ ވޯކްވޭ ހެދުމަށްއެދި / ތ.ކަނޑޫދޫ ސްކޫލް

19 ސެޕްޓެންބަރު 2022