ދިވެހިރާއްޖެ
މި ހޮސްޕިޓަލަށް ބޭނުންވާ ބައެއް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް |
އަންދާސީހިސާބު ހުށަހެޅުމަށް |
26 ސެޕްޓެންބަރު 2022 (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން |
03 އޮކްޓޫބަރު 2022 (ހޯމަ) ދުވަހުގެ 13:00 (ގުރަހަ) |
ޕްރީބިޑް މީޓިންގ 28 ސެޕްޓެންބަރު 2022 (ބުދަ) ދުވަހުގެ 11:00 ގައި އޮންނާނެއެވެ. މި މީޓިންގގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6800794 ނަންބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.