ދިވެހިރާއްޖެ
2015 ވަނަ އަހަރަށް މި ސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން 26 އޮކްޓޫބަރު 2014 އިން ފެށިގެން 2 ނޮވެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައި އެޕްލިކޭޝަން ފޯމު ނެންގެވުމަށްފަހު 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 01:30 ގެ ކުރީން ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
ގްރޭޑް 1 އަށް ވައްދަން ހުށަހަޅާ ކުއްޖާއަކީ 1 ޖަނަވަރީ 2008 ން 1 ޖަނަވަރީ 2009 އާ ދެމެދު އުފަންވެފައިވާ ކުއްޖެއްކަމުގައި ވާންވާނެއެވެ. އުސޫލެއްގެ ގޮތުން ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަނީ އެއަހަރު ޖަނަވަރީއަށް 6 އަހަރު ފުރި، 7 އަހަރު ނުފުރޭ ކުދީންކަމުގައި ވީނަމަވެސް 31 މާރިޗު 2009 ގެ ކުރިން އުފަންވެފައިވާ ކުއްޖަކު ވައްދަން ބެލެނިވެރިޔަކު ބޭނުންވެއްޖެނަމަ އެކުއްޖަކު ފާއިތުވި ދެއަހަރު ޕްރީ ސްކޫލެއްގައި ކިޔަވާފައި ވުމާއެކު، ޔޫ.ކޭ.ޖީ ނިންމާފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުއްވުމުން އެކުއްޖަކު ސްކޫލަށް ވައްދައިދެވޭނެއެވެ.
މި ސްކޫލަށް ކުދިން ވައްދަމުންދާނީ، މީގެކުރިންވެސް ސްކޫލުން ކުދީން ވެއްދުމަށް ޢަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް މި ސްކޫލުގެ ކެޗްމެންޓް އޭރިއާގައި (ނަރުގިސްމަގުން ދެކުނުގައި) ދިރިއުޅޭ ކުދިންނަށާއި މި ސްކޫލުގެ މުވައްޒަފެއްގެ ކުދިންނަށާއި މި ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ މި ސްކޫލުގެ ދަރިވަރެއްގެ އެއްބަޑު އެއްބަފާ ކޮއްކޮއަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 ޛުލްޙިއްޖާ 1435