ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-D/1/2014/81
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 16:46
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށްފަހު ޙައްޖަށް ނުދެވިފައި ތިބި ފަރާތްތައް ޙައްޖަށް ގެންދިއުމާބެހޭ

ޙައްޖަށް ގެންދިއުމަށް ކަމަށް ބުނެ އެކިއަހަރުތަކުގައި، އެކި ކުންފުނި، ޖަމާޢަތްތަކުން ބައެއް ފަރާތްތަކުގެ އަތުން ފައިސާ ނެގުމަށްފަހު ޙައްޖަށް ދިޔުމުގެ ފުރުޞަތު އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދީފައި ނުވާކަން މި މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން، އެއްވެސް ޙައްޖު ޖަމާޢަތްތަކުން ނުވަތަ ކުންފުންޏަކުން ފައިސާ ދެއްކުމަށްފަހު ޙައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައި ނުވާ ފަރާތްތަކުގެ ތެރެއިން، 1436 ވަނަ އަހަރު ޙައްޖަށް ގެންދިއުމަށް ނަގާ އަގު ދައްކަވާ ފަރާތްތަކަށް ޙައްޖަށް ދިޔުމުގެ ފުރުޞަތު ހޯދައިދިނުމަށް މި މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ. ވީމާ، އެއްވެސް ޙައްޖު ޖަމާޢަތަކަށް ނުވަތަ ކުންފުންޏަކަށް ފައިސާ ދައްކަވާފައި ޙައްޖަށް ނުދެވިފައި ތިބި ފަރާތްތަކުން، ފައިސާ ދެއްކެވިކަމުގެ ރަސީދާއެކު، ނޮވެންބަރު 23 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

27  ޛުލްޙިއްޖާ  1435

21 އޮކްޓޫބަރު 2014