ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO-CA/IUL/2022/41
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:06
ސުންގަޑި: 28 ސެޕްޓެންބަރު 2022 14:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕްރޮގްރާމްސް އެސޯސިއޭޓް

ވަޒީފާގެ ފުރުޞަތު

މަޤާމް: ޕްރޮގްރާމްސް އެސޯސިއޭޓް

ޑިޕާޓްމަންޓް: ޕޮލިސީ އެންޑް ޕްރޮގްރާމްސް

ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް: ދާއިމީ (01  އަހަރުގެ  ކޮންޓްރެކްޓް، 3 މަހުގެ ޕްރޮބޭޝަނާއެކު، 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް   ބަަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭ ގޮތަށް) 

ވަޒީފާ އަދާކުރަންޖެހޭ ތަން:މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި:ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)


ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ދާއިރާއިން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7) ހާޞިލްކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސެޓިފިކޭޝަނެއް (ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ދާއިރާ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން) ހާޞިލްކޮށްފައިވުން. 

  1. ބެޗެލަރސް ޑިގްރީ ހާޞިލްކުރުމަށްފަހު ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.


މުސާރަ އާއި އިނާޔަތްތައް:

އަސާސީ މުސާރަ އަދި އިނާޔަތްތައް ހިމެނޭ ގޮތަށް މުޅި ޖުމްލަ 23،500.00ރ


މަޤާމުގެ މަސްއޫލިއްޔަތުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ މަޢުލޫމާތު މި އިއުލާނާއެކު ހިމަނާފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކުރެވިފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް  www.pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މި މަޤާމަށް ޝައުގުވެރިވެ ވަޑައިގަންވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް.

  • ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައިވާ އިޢުލާނާއެކު ހިމަނާފައި).

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

  • ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ . 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ).

ނޯޓް:

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެންވެއެވެ.

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ތަޢުލީމީ ފެންވަރާއި، މަސައްކަތާގުޅޭ ތަޖުރިބާއާއި، އިންޓަވިއު އަދި އިމްތިޙާނަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބޭ ފަރާތެއް މި މަޤާމަށް ހޮވޭނެއެވެ. 

 

އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު 02 އޮކްޓޫބަރު އިން 13 އޮކްޓޫބަރު 2022 އާއި ދެމެދު ޕެންޝަން އޮފީހުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އަދި އިމްތިޙާނާ ގުޅޭ ކަންކަން ބަލަހައްޓާނީ މަދުވެގެން 03 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. 

ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް،

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)،  ޗާންދަނީ މަގު، މާލެ.

ފޯން:  1441 

އީމެއިލް: [email protected]

18 ސެޕްޓެންބަރު 2022