ބީލަން
ނަންބަރު: (IUL)339-ESMS/339/2022/123
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 29 ސެޕްޓެންބަރު 2022 13:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫގެ ގެސްޓް ބީޗް ތަކަށް ބޭނުންވާ ސަންބެޑް ހަދައިދޭނެ ފަރާތެއް ހޯދުން

     އއ.ތޮއްޑޫގެ ގެސްޓްބީޗްތަކުގައި ބޭނުން ކުރުމަށް 200 ސަންބެޑް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މައުލޫމާތު ޝީޓް އާއި އެއްގޮތަށް މި

މަސައްކަތަށް ކުރުމަށްޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެއެވެ.

     މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 ސެޕްޓެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވެ،

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީވުމާއި، މަޢުލޫމާތު ސާފުކުރުމަށް

[email protected]  އީމެއިލްއަށް (މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ނަން، އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް) ހުށައެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު  ކައުންސިލްގެ އިދާރާއިން އަދި ދިވެހި

ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

     ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 އޮކްޓޯބަރ 4 ވާ އަންގާރަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

ބީލަން ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ

ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ

ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ

ފަރާތްތައްކަމުގައި ދެންނެވީމެވެ.

     ބީލަން ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " އއ.ތޮއްޑޫ ގެސްޓްބީޗްގައި ބޭނުންކުރުމަށް 200 ސަންބެޑް ހެދުމަށް

ހުށައަޅާ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި، ގަޑިޖެހުމަށްފަހު ގެންނަ ބީލަންތަކާއި، އަދި މި އިދާރާއިން ބީލަން

ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.

    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 ސެޕްޓެންބަރު 2022