މަސައްކަތް
ނަންބަރު: (IUL)233-CA/233/2022/10
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 29 ސެޕްޓެންބަރު 2022 13:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާގެ ބައެއް މަރާމާތުތައް ކުރުން

  1. އަތޮޅު ކައުންސިލް އިދާރާގެ ބައެއް މަރާމާތުތައް، އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެ އެވެ. ވީމާ، މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، އެންމެކުދި، ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2022 ސެޕްޓެމްބަރ 21 ވާ، ބުދަ ދުވަހުގެ 13:00ގެ ކުރިން، [email protected] އަށް މެއިލްކުރައްވައި ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، ބިޑްޑޮކިއުމެންޓް ދޫކުރަމުން ގެންދާނެއެވެ.
  4. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2022 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 13:30ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އީ-މެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، މެއިލް ކުރައްވާނީ [email protected] އަށްށެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

5. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2022 ސެޕްޓެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2022 ސެޕްޓެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ، 13:30 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ. މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައެޅުމުގައި، މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވާލައި، 10 ފެބްރުއަރީ 2021 ގައި ގެޒެޓްކޮށްފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" އަށް އަމަލުކުރެވޭނެ އެވެ.

18 ސެޕްޓެންބަރު 2022