ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2022/44
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 23 ސެޕްޓެންބަރު 2022 00:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައިނަލް އަޤުވާމީ ދަތުރު ފަތުރު ކުރުމާބެހޭ ދުވަސް ( މެރިޓައިމް ސޭފްޓީ ވީކް )

އިޢުލާން

ބައިނަލް އަޤުވާމީ ދަތުރު ފަތުރު ކުރުމާބެހޭ ދުވަސް ( މެރިޓައިމް ސޭފްޓީ ވީކް )

                  2022  ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ދަތުރު ފަތުރާބެހޭ ދުވަސް " މެރިޓައިމް ސޭފްޓީ ވީކް"  ( 22ސެޕްޓެމްބަރ 2022 28 ސެޕްޓެމްބަރ 2022 )ފާހަގަ ކުރުމުގެ ގޮތުންމިނިސްޓްރީ އޮފް ޓްރާންސް ޕޯޓް އެންޑް އޭވިއޭޝަން އާ ރަސްމާދޫ ކައުންސިލާއި ، ރަސްމާދޫ ސްކޫލް ގުޅިގެން މިރަށުގައި ޙަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ބަނދަރަށް އަންނަ އުޅަނދު ފަހަރު ޗެކުކޮށް އިންސްޕެކްޝަން ރިޕޯޓް ހެދުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެމްބަރ 23 ވަނަ ދުވަހު އެވެ.  

މިގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކަކީ :

  • ބަނދަރަށް އަންނަ އުޅަނދު ފަހަރު ޗެކުކޮށް އިންސްޕެކްޝަން ރިޕޯޓް ހެދުން . 
  •   ސްކޫލް ދަރިވަރުންނަށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ސްކޫލް ނިންމާ   ދަރިވަރުންނަށް މިދާއިރާގައި ހުރި ފުރުޞަތު ތަކާގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރެޒެންޓޭޝަނެއް ދިނުން .
  •  މެރިޓައިމް ސޭފްޓީ ވީކުގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގައި ސީ.ބީ C.B)) 5 ގެ ދިދަ ސެޓް އަދި އެން (N) ދިދަ ތަރުތީބުންނަގާފައި ބެހެއްޓުން .

ވީމާ، މިދުވަހާއި ގުޅިގެން ހިންގޭ މަތީގައި ދެންނެވިފައިވާ ޙަރަކާތްތަކުގައި ، ހުރިހާ މުއައްސަސާ ތަކުންނާއި ، އޮޑިވެރިން ، ކެޔޮޅުން ، ފަޅުވެރިން ނާއި ޢާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުންއެދި ދެންނެވީމެވެ.

              

18 ސެޕްޓެންބަރު 2022