މަސައްކަތް
ނަންބަރު: (IUL) C-352/2022/44
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 21 ސެޕްޓެންބަރު 2022 13:30
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތިތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށު މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް ޒަމާނީފެންވަރަށް އަޕްގްރޭޑްކުރުމަށްޓަކައި، މިއިދާރާއިން ކޮށްފައިވާ ނަމްބަރ: (IUL) C-352/2022/33(26 ޖޫން 2022)އިޢުލާނަށް ޝަވްޤުވެރިކަންފާޅުކޮށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމުން މިމަސައްކަތްތައް، ކޮށްދޭނެ ފަރާތެއް ހޯދަން 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 21 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ  13:30 އަށް  މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

     މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 25 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަމާއި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ބިޑްފޮތް ގަންނަ ފަރާތްތަކަށެވެ. ބިޑްފޮތުގެ އަގަކީ 300.00 ރުފިޔާއެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް (އައިޑީކާޑް/ޕާސްޕޯޓް/ޑްރައިވިންގ ލައިސަންސް) ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން އެކަން އަންގައިދޭ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

18 ސެޕްޓެންބަރު 2022