ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2014/144
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 06 ނޮވެންބަރު 2014 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6,295 ރ ، ސަރވިސް އެލަވަންސް: -/2,000 ރ

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕްރޮޖެކްޓް ނުވަތަ ސައިންސް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޔޫ.އެން.އެފް.ސީ.ސީ.ސީ ގެ ދަށުން ހުށަހަޅަންޖެހޭ ބައިއެނިއަލް ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ހުށަހެޅުމުގައި އެހީތެރިވެދިނުން؛

2. ކުލައިމެޓް ޗޭންޖް މިޓިގޭޝަންގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގައި އެހީތެރިވެދިނުން ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހިތެރިކަން ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ކުރުން؛

3. ދުނިޔޭގެ ފެންވަރުގައި ތަޢާރަފްކުރެވޭ މިޓިގޭޝަން ޓެކްނޮލޮޖީތައް ދިރާސާކޮށް ރާއްޖެއަށް އެޕްލައިކުރެވޭ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުކުރުމަށް މަސައްކަތް ކުރުމާއި މިކަމުގައި އެއްބާރުލުން ދިނުން؛

4. މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ވަކިން ޚާއްޞަކޮށް މިޓިގޭޝަނާ ބެހޭ ގޮތުން ބޭރުގެ އެކިއެކި ޖަމާޢަތްތަކުން ހިންގާ އެކިއެކި މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުން؛

5. ޑިޕާރޓްމަންޓުން ތައްޔާރު ކުރެވޭ ކްލައިމެޓް ޗޭންޖް މިޓިގޭޝަން ޕްރޮޖެކްޓް ކޮންސެޕްޓުތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރު ކުރުމުގައި މިކަމުގައި އެހީތެރިވެދިނުން؛

6. ރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަންތައް ކަމާބެހޭ ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ވިލަރެސް ކުރުން؛

7. ޔޫ.އެން.އެފް.ސީ.ސީ.ސީ އަދި ކިޔޯޓޯ ޕްރޮޓޮކޯލްގެ ދަށުން އެއްބަސްވެވޭ އަދި ރާއްޖެ ޤަބޫލުކުރާ ތަފާތު މާރކެޓް މެކޭނިޒަމްތައް ރާއްޖެ ތަޢާރަފް ކުރުމާއި، ހިންގުމުގައި އެހީތެރިވުން؛

8. ކުލައިމެޓް ޗޭންޖް މިޓިގޭޝަން ދާއިރާއިން ކުރާ މަސައްކަތްތައް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގުރާމުތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެއްޓާއި ހަކަތައާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  3. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މައްސަލަތާކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  4. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަވިއު އާއި އިމްތިޙާނު ކުރުން 06 ނޮވެންބަރު 2014 އާއި 30 ނޮވެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                        03 މުޙައްރަމު 1435    

27 އޮކްޓޫބަރު 2014