ކޮންޓްރެކްޓް އުސޫލުން ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެންވަޔަރަންމަންޓް އެނަލިސްޓް
|
މުއްދަތު
|
1 އަހަރު
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/6,295 ރ ، ސަރވިސް އެލަވަންސް: -/2,000 ރ
( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
- ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމާއި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، އިރުޝާދުނާމާތަކާއި ޕްލޭންތައް ހެދުން.
- ޤައުމީ ތަރައްޤީއާއި، އިޖްތިމާޢީ ކަންކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުން ސަރުކާރުގެ މައިމަގަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ދިރޭތަކެތީގެ ނަސްލުން ލިބޭ ފައިދާތައް ހަމަހަމަ އިންސާފްވެރި ގޮތެއްގައި ޙައްޤުވާ ފަރާތްތަކަށް ލިބިދެވޭނެ ގަވާއިދުތަކާއި، އުސޫލުތައް އަދި މިންގަނޑުތައް ހެދުން.
- ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި އެތަކެތީގެ މާޙައުލުތަކާއި އެތަކެއްޗަށް އަންނަ ކޮންމެ ބަދަލަކާ ގުޅިގެން އިންސާނުންގެ ދިރިއުޅުމަށާއި ތިމާވެއްޓަށް ކުރާ އަސަރު ދަނެގަނެ އެކަމާބެހޭ އެންމެހާ މަޢުލޫމާތު އެއްކޮށް އެތަކެތީގެ ވެލުއޭޝަން ހަދައި ޑޭޓާބޭސް/ ޖީ.އައި.އެސް. ތައްޔާރުކޮށް ބެލެހެއްޓުން
- ޤައުމީ ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި އަދި ރަށުފެންވަރުގައި ދިރޭ ތަކެއްޗާއި ތަންތަން ހިމާޔަތްކުރުމާ ބެހޭ މަޝްރޫޢުތައް ރާވައި ހިންގުން
- ރާއްޖޭގެ ދިރޭތަކެތީގެ ނަސްލާ އެތަކެތި ދިރިއުޅޭ މާޙައުލާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ދާއިރާތަކާ ގުޅައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ރާއްޖޭގައި ޙިމާޔަތްކުރާ ސަރަޙައްދުތަކާއި ދިރޭތަކެއްޗާ ބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ދިރޭތަކެތީގެ ނަސްލާ ގުޅޭގޮތުން ދިވެހިރާއްޖޭއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާ ތަކުގެ މަސައްކަތް ކުރުން
- މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ދިރޭތަކެތީގެ ނަސްލާ ގުޅޭ މަސައްކަތްތައް ކޮށްފައި ހުރި މިންވަރު.
- ގިނަވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުފަތުރު ކުރެވޭ ފަރާތަކަށްވުން.
- އިންޓަރނޭޝަނަލް ރިލޭޝަން ތަޖުރިބާ ހުރި މިންވަރު.
- ޑޭޓާ ބޭސް މެއިންޓެއިންސް އިންފޮރމޭޝަން ސިސްޓަމް އަޕްޑޭޓު ކުރުންފަދަ މަސައްކަތުގެ ތަޖުރިބާ ހުރި މިންވަރު.
- ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
- ސުންގަޑި: 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަވިއު އާއި އިމްތިޙާނު ކުރުން 05 ނޮވެންބަރު 2014 އާއި 20 ނޮވެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
29 މުޙައްރަމް 1435
|