ދިވެހިރާއްޖެ
ނަމްބަރ: (IUL)295-PR/295/2022/63
އިޢުލާން
ނ. ހޮޅުމީދޫ ރުއްގަނޑު ރަށް ބެހެލެއްޓުމާއެކު 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 28 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 28 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:05 ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ޕްރޮޕޯސަލް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
18 ސެޕްޓެމްބަރ 2022