ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-EDF/22/2022/273
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 25 ސެޕްޓެންބަރު 2022 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިލާ ބިލްޑިންގް 1 ގެ 3 ވަނަ ފަންގިފިލާ އިން ހުސްވެފައިވާ އޮފީސްބައި ކުއްޔަށްދިނުން

`

މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާލެ / ދިވެހިރާއްޖެ 

 

 

                                                                                                               އިޢުލާން ނަންބަރު : 22-EDF/22/2022/273

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ފިލާ ބިލްޑިންގް 1 ގެ 3 ވަނަ ފަންގިފިލާ އިން ހުސްވެފައިވާ އޮފީސްބައި  ކުއްޔަށްދިނުން

  1.       ތިރީގައި މިދަންނަވާ އޮފީސްބައި، އަކަފޫޓަކަށް -/25 (ފަންސަވީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
  • ފިލާ ބިލްޑިންގް 1 ގެ 3 ވަނަ ފަންގިފިލާ (އުތުރު) 525 އަކަފޫޓް
  1.       މި ފިހާރަ ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 2022 ސެޕްޓެންބަރު 18 އިން ފެށިގެން 22 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/md4UVrjoBabUyapW7  
  2.       މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 22 ސެޕްޓެންބަރު 2022 ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  3.       ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި -/15,000 (ފަނަރަހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިޥާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.  
  4.       ބިޑް ސެކިއުރިޓީ ފައިސާ އޮންލައިންކޮށް (ބަނޑޭރި-ޕޭ ސިސްޓަމް މެދުވެރިކޮށް) ފައިސާ ދައްކާނަމަ ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެ އެ ބައްދަލުވުމުން ވަކިވެގެން ދިއުމުގެ ކުރިން އެ ފައިސާ ދައްކައި ނިންމަންވާނެއެވެ.
  5.       ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 2022 ސެޕްޓެމްބަރު 25 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.
  6.       ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް އާއި، ތަޢުލީމީ ފަންޑުގެ ފިހާރަ ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލް މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.
  7.       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ  9 ވަނަ ފަންގިފިލާ ، ފަޅުމަތީ މަގު

މާލެ، ދިވެހިރާއްޖެ.

ފޯން: , 3341193 / 3341194

 

17 ސެޕްޓެންބަރު 2022

17 ސެޕްޓެންބަރު 2022