ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮޅުމަޑުލު ބުރުނީ ލޭންޑްޔޫސް ޕްލޭން އެކުލަވައި ލުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތްކުރުމަށް އެދި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކުޗަރގައި ޕްލޭނަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 15 ސެޕްޓެންބަރު 2022 ން ފެށިގެން 25 ސެޕްޓެންބަރު 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށް ފޯނުން ގުޅައިގެންނާއި ، އީމެއިލް މެދުވެރިކޮށެވެ. ބިޑްގައި ރަޖިސްޓްރީ ވެވަޑައިގަތުމުން ބިޑާގުޅޭ މަޢުލޫމާތު އީ މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
- ބިޑްހުޅުވުން އޮންނާނީ 02 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. ބިޑްހުށަހެޅުމަށް ބައިވެރިވެވޭނީ ބިޑްހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
- ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހެޅުމަށް ނުވަތަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާނަމަ، ބިޑްގައި ރަޖިސްޓްރީ ކުރެއްވި ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.
- ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ
- ފޯން: 6780038
- އީމެއިލް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.