ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355/355/2022/49
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 22:37
ސުންގަޑި: 17 ސެޕްޓެންބަރު 2022 14:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ފެންފުށީ ލޭންޑް ޔޫސް ޕްލޭން ހެދުމާގުޅޭ

 އދ.ފެންފުށީ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ރައްޔިތުންގެ ބައިވެރިވުމާއެކު ރަނގަޅުފެންވަރުގެ ލޭންޑް ޔޫސް ޕްލޭންއެއް އެކުލަވާލުމުގެ ގޮތުން ކުރަންޖެހޭމަސައްކަތް މިކައުންސިލްގެ ފަރާތުން މިދަނީ ކުރަމުންނެވެ. އެގޮތުން ލޭންޑް ޔޫސް ޕްލޭން އެކުލާވާލުމާ ގުޅޭގޮތުން އދ.ފެންފުށީގެ ވިޔަފާރިވެރިންނާ އަދި އދ.ފެންފުށީގެ އޮޑިވެރިންނާއި އެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް 17 ސެޕްޓެންބަރު 2022 ވާ ހޮނިހިރުދުވަހުގެ 14:00 ގައި އދފެންފުށީ ކައުންސިލްގެ މީޓިންގް ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

            ވީމާ، މިބައްދަލުވުމުގައި ރަށުގެ ވީހާވެސްގިނަ ވިޔަފާރިވެރިންނާ އަދި އޮޑިވެރިން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

15 ސެޕްޓެންބަރު 2022