ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HR/IU/2014/161
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 30 އޮކްޓޫބަރު 2014 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

       މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: އެކައުންޓަންޓް

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ: 6600.00ރ - 8470.00ރ.

ސާރވިސް އެލަވަންސް: 2000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަން އެލަވަންސް/ ސަރވިސް އެލަވަނަސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން:    ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް/އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:                     

ޕްރޮފެޝަނަލް ކޮލިފިކޭޝަން؛ އޭސީސީއޭ, ސީޕީއޭ ނުވަތަ ސީއޭ/ މާސްޓަރސް އިން އެޕަލައިޑް އެކައުންޓިންގ ނުވަތަ ބެޗްލަރސް އޮފް އެކައުންޓިންގ

މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  

އެކައުންޓިންގގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މާރކެޓް އަދި ބޭންކިންގގެ ނިޒާމު ހިންގާ ގޮތުގެ މަޢުލޫމާތު ލިބިފައިވުމާއެކު، އެފަދަ ނިޒާމުތައް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.

އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު، މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާޓްމަންޓުގެ ފައިނޭންޝަލް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ރިޕޯރޓިންގ، ފައިނޭންޝަލް ރިކޯޑުތައް، އިންކަމާއި އެކްސްޕެންސްތަކުގެ ތަފުސީލު/އެކައުންޓިންގ ޑޮކިއުމަންޓްސް ބެލެހެއްޓުމާއި ކޮމްޕައިލްކުރުން.

މަޤާމު: ގްރެފިކްސް ޑިޒައިނަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް: ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

އަސާސީ މުސާރަ: 5220.00ރ - 6260.00ރ.

ސާރވިސް އެލަވަންސް: 1500.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް/ހ.ސޯމިލް                          

ޝަރުޠު:                     

- ފޮޓޯޝޮޕް ނުވަތަ އެކި ޑިޒައިނިންގ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- ވީޑިއޯ އަދި 2D އެނިމޭޝަން ސޮފްޓްވެއަރ ބޭނުންކުރުމުގައި މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

- ޑިޕްލޮމާ އިން ގްރެފިކްސް ޑިޒައިން ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- މާރކެޓިންގ ސްޓްރެޓެޖީސް ބޭނުންކޮށްގެން ޕްރޮޑަކްޓުތަކުގެ މަޢުލޫމާތު ކަސްޓަމަރުންނަށް ފޯރޮކޮށްދިނުމުގެ ހުނަރު ލިބިފައިވުން.

- ގްރެފިކްސް މަސައްކަތް ކުރުމުގެ ހުނަރު އަދި މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް (ވާރޑް، އެކްސެލް، ޕަވަރޕޮއިންޓް، ކޮރަލް ޑްރޯ) ފަރިތަވުން.

- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު، މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :  

ކޮމާރޝަލް އަދި ޕްރޮމޯޝަނަލް ބޭނުންތަކަށް ބޭނުންވާ ގްރެފިކްސް ޑިޒައިންކޮށް ތައްޔާރުކުރުން. މީގެ އިތުރުން ޑިޕާޓްމަންޓުގެ ސޭލްސް މަސައްކަތް ރަނގަޅު ކުރުމަށް. ބޭނުންވާ އެންމެހާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރޮކޮށްދިނުމުގައި އެހީތެރިކަން ދިނުމާއި ޕްރޮޑަކްޓްސް ޕްރޮމޯޓުކުރުމުގެ މަސައްކަތުގައި އުޅުން.

ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް:[email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014