މަސައްކަތް
ނަންބަރު: 116-F7/IL/2022/331
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 29 ސެޕްޓެންބަރު 2022 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ޑޭޓާ ސެންޓަރެއް"ގެ ޢުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

"ޑޭޓާ ސެންޓަރެއް"ގެ ޢުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

  މި ކުންފުނީގެ "ޑޭޓާ ސެންޓަރ"އެއް "ޑޮމެސްޓިކް ޓާރމިނަލް"އިން "އާސީޕްލޭން ޓާރމިނަލް"އަށް ބަދަލުކުރުމުގައި ހިމެނޭ ޢުމްރާނީ މަސައްކަތްތަކެއް މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ފާރު ރޭނުން، ތަޅުންއެޅުން، ސީލިންކުރުން، ދޮރު/ކުޑަދޮރު ހެދުމާއި ހަރުކުރުން، އޭސީހަރުކުރުން، ސޮކެޓްއެޅުން، ލައިޓްހަރުކުރުން، ފިކްސްޗާރ ހެދުމާއި ހަރުކުރުން، ވަޔަރުކުރުން، މުށިޖެހުން އަދި ތަޅާލުންފަދަ މަސައްކަތްތައް ހިމެނެއެވެ.

  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:30 ގެ ކުރިން،ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ. 

  މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި GC02/ GC01 ދާއިރާއިން ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

  ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ސެޕްޓެންބަރު 13 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:30 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 13 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

  ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

15 ސެޕްޓެންބަރު 2022