ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2014/143
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 06 ނޮވެންބަރު 2014 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6,295 ރ ، ސަރވިސް އެލަވަންސް: -/2,000 ރ

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އިކޮނޮމިކްސް ނުވަތަ އެންވަޔަރަމަންޓަލް އިކޮނޮމިކްސްގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިކޮނޮމިކްސް ނުވަތަ އެންވަޔަރަމަންޓަލް އިކޮނޮމިކްސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އިކޮނޮމިކްސް ނުވަތަ އެންވަޔަރަމަންޓަލް އިކޮނޮމިކްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިކޮނޮމިކްސް ނުވަތަ އެންވަޔަރަމަންޓަލް އިކޮނޮމިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އިކޮނޮމިކްސް ނުވަތަ އެންވަޔަރަމަންޓަލް އިކޮނޮމިކްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. އިކޮނޮމިކްސް ނުވަތަ އެންވަޔަރަމަންޓަލް އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދުނިޔޭގެ އިޤްތިސާދަށާއި ދިވެހިރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ހުރި ގުޅުމުގެ މައްޗަށް ބަލައި ކަމާބެހޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމުގައި އެހީތެރިކަން ދިނުން؛
  2. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އަދި މިބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލެވޭ ސިޔާސަތުތަކާއި، ސްޓްރެޓަޖީތަކާއި، ޕްރޮގުރާމުތަކާއި އަދި މަޝްރޫއުތަކުގައި "އިކޮނޮމިކް އިމްޕެކްޓްސް" ހިމަނައި، އެފަދަ އަސަރުތައް ވަޒަންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  3. ދުނިޔޭގެ ފެންވަރުގައި ހިންގޭ ކާބަން މާކެޓުތައް (މިސާލަކަށް: އީ.ޔޫ އެމިޝަން ޓްރޭޑިންގް ސްކީމް، ޗައިނީސް ނެޝަނަލް ކާރބަން ޓްރޭޑިންގ ސްކީމް) އާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ކާރަބަން މާރކެޓްތަކެއް ކުދި ޖަޒީރާ ޤައުމުތަކުގައި ހިންގިންދާނެތޯ ބެލުމާއި، އަދި މިފަދަ މާރކެޓަކުން އިޤްތިސާދީ ގޮތުން ކޮށްފާނެ އަސަރާ ބެހޭ މައުލޫމާތު އެއްކުރުމުގައި އެހީތެރިވެދިނުން؛
  4. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް އެކިފެންވަރުގައި ހިންގޭ ޕްރޮގުރާމުތައް ހިންގުމުގައި "މާރކެޓް މެކޭނިޒަމް" ގެ ބޭނުން ހިފުމަށް ބާރުއެޅުމުގެ ގޮތުން، މީގެ ތެރެއިން ރާއްޖެއަށް އެކަށީގެންވާ ނިޒާމްތައް ތަޢާރަފް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  5. ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުން ކުރެވެމުންދާ އެކި ކަހަލަ އެންވަޔަރަމެންޓަލް ޓެކުސް، ނުވަތަ ކާބަންޓެކުސް އާބެހޭ މަޢުލޫމާތު އެއްކޮށް، މިފަދަ "ޓެކްސް ރެޖީމް" ތައް ދިރާސާކޮށް، މީގެ ތެރެއިން ރާއްޖޭގައި ހިންގިދާނެ ނުވަތަ ކުރެވިދާނެ ކަންތައްތައް ބެލުމުގައި އެހީތެރިވެދިނުން؛
  6. ކާރބަން މަދު އިޤްތިސާދަކަށް މަގުފަހިކުރުމަށް ހިންގޭ ޕްރޮގުރާމުތަކާއި، މަޝްރޫޢުތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  7. މަސައްކަތާ ގުޅުންހުރި ދާއިރާތަކުން، ރާއްޖޭގެ އެތެރެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކާއި، ޖަލްސާތަކުގައި ބައިވެރިވެ މިކަމުގައި މިނިސްޓްރީގެ ސިޔާސަތު ހާމަކުރުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގުރާމުތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެއްޓާއި ހަކަތައާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  3. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މައްސަލަތާކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  4. ދިވެހި ރާއްޖޭގެ ތިމާވެއްޓާއި އޭގެ ނާޒުކުކަމާއި ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ މިންވަރު.
  5. ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާތަކާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  6. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަވިއު އާއި އިމްތިޙާނު ކުރުން 06 ނޮވެންބަރު 2014 އާއި 30 ނޮވެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
 

                        03  މުޙައްރަމް   1435    

27 އޮކްޓޫބަރު 2014