މަސައްކަތް
ނަންބަރު: (IUL)475/475/2022/146
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 06 އޮކްޓޫބަރު 2022 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ގއ. ވިލިނގިލި ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ - އަލުން އިއުލާންކުރުން

 މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2022/146

އިއުލާން

 " މޯލްޑިވްސް ޕޮލިޓެކްނިކް ގއ. ވިލިނގިލި ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ގއ. ވިލިނގިލި މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން 20 ޖޫން 2022 ގައި ކުރި އިއުލާން ނަންބަރު  475/475/2022/87 ގެ ބިޑިންގ ޑޮކިއުމަންޓް އަށް ބަދަލްތަކެއް ގެނެސްފައިވާތީ އެއިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

މައުލޫމާތު ސާފުކުރުން:

މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 05 އޮކްޓޫބަރ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 0900ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ބިޑް އުސޫލު:

މި ތަކެތި ސަޕްލައިކޮށްގިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑް އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑް އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

މައުލޫމާތު ބައްދަލުވުން:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 22 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހު ހެދުނު 1100އަށްގއ. ވިލިނގިލި މޯލްޑިވްސް ޕޮލީޓެކްނިކް ކެމްޕަހަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބް ބަލައިގަންނަގޮތަކަށް ހަމަޖެހިފައި ނުވެއެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮކްޓޫބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 އަށް ގއ. ވިލިނގިލި މޯލްޑިވްސް ޕޮލިޓޭކްނިކް ކެންޕަހަށް، ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ޑޮކިޔުމަންޓްސް އަދި ބިޑް ސެކިއުރިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައި ނުވެއެވެ.

ބިޑް ސެކިއުރިޓީ

ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20,000.00 (ވިހި ހާސް) ދިވެހި ރުފިޔާއެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭ ގޮތުގެ ތަފްސީލް ބިޑިން ޑޮކިޔުމަންޓްގައި އެކުލެވިގެން ވާނެއެވެ. 

 

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

 

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

އަފާފް މުހައްމަދު ސައީދް، ސީނިއަރ ޕްރޮކިޔުމަންޓް ސެޕްޝަލިސްޓް

އީމެއިލް : [email protected]

ފޯން: 3026975/3026982

ވެބް ސައިޓް: www.meeryproject.mohe.gov.mv

15 ސެޕްޓެންބަރު 2022