ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A4-HR/1/2022/54
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 25 ސެޕްޓެންބަރު 2022 13:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ (އެމް.އެސް 2)

އިޢުލާން

މަޤާމުގެ ނަން:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-342672

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ހިއުމަން ރިސޯސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ

މުސާރަ:

6,295.00 (ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

2,000.00 (ދެހާސް ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

  1. އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  5. ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28

ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ހިއުމަން ރިސޯސް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

  1. އޮފީހުގެ ސެކްޝަންތަކާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ބަލައި ކޮންމެ އަހަރެއް ފެށޭއިރު ހިއުމަން ރިސޯސް ޕްލޭންއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން. މި ގޮތުން ތައްޔާރު ކުރެވޭ ޕްލޭނެއްގެ މައްޗަށް ބަލައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ކަނޑަ އަޅުއްވާފައިވާ ފޯމެޓަށް ޓްރެއިނިންގ ރިކުއަރމަންޓް ތައްޔާރުކޮށް ކަނޑައެޅޭ ތާރީޚްގެ ކުރިން އެ ތަންތަނަށް ފޮނުވުން.
  2. ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް އޮފީހުން ރާއްޖެއިން ބޭރުގެ ދިގުމުއްދަތުގެ ކޯސްތަކާއި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތައް އަދި ޓްރޭނިންގ، ސެމިނަރ، ވޯކްޝޮޕް،ކޮންފަރެންސް ތަކުގައި  އޮފީހުގެ މުވައްޒަފުން ބައިވެރި ކުރުމާއި އަދި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އަދި އިޤުރާރު ތައްޔާރުކުރުމާއި، ތަމްރީން ކުރެވޭ މުވައްޒަފުންގެ ދަފްތަރު/ޓްރެއިނިން ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  3. ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޓްރޭނިންގ ތަކުގައި ބައިވެރިވާ ފަރާތްތަކަށް ހަމަޖައްސަންޖެހޭ ކޯސް ފީ އާއި އެހެނިހެން ޚަރަދުތަކާއި އިނާޔަތްތައް ހަމަޖެއްސުމަށް ބަޖެޓް ސެކްޝަނަށާއި ވަޒީފާއާގުޅޭ ކަންކަން ހަމަޖެއްސުމަށް އެޗް.އާރް. ސެކްޝަނަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމާއި އަދި މިކަމާގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން އަދި މި ކަންތައްތަކުގެ އަޕްޑޭޓް ސުޕައިވައިޒަރަށް ދިނުމާއި، ކޮންމެ އަހަރެއްގެ ބަޖެޓުގައި ތަމްރީންތަކަށް ހިނގާނެ ޚަރަދު ހިމެނުމަށްޓަކައި ތަމްރީން ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުމުގައި ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. ތަމްރީން ތަކުގައި ދާ މީހުންގެ ތެރެއިން މަޤާމް ރިޒާވް ކުރަންޖެހޭ މުވައްޒަފުންގެ މަޤާމް ރިޒާވް ކުރުމާއި، އަދި ތަމްރީން ނިމުމުން ތަމްރީނާބެހޭ ރިޕޯޓް، ސެޓްފިކެޓް އަދި މެޓީރިއަލް ހޯދުމާއި، ސިވިލް ސަރވިސް ވިއުގަރ އިން ރިޒާވް ކުރެވޭ  މަޤާމަށް މުވައްޒަފު ހަމަޖެއްސުމާ ގުޅޭ މަސައްކަތްތައް ކުރުމާއި އަދި ސެޓްފިކެޓް ފަދަ ތަމްރީންއާ ގުޅޭ ހުރިހާ ލިޔެކިއުންތައް ޕާރސަނަލް ފައިލްއަށް ލުމަށްޓަކައި އެ ކަމާ ބެހޭ މުވައްޒަފުންނާ ޙަވާލުކުރުމުގެ މަސައްކަތް ކުރުން.
  5. ތަމްރީން ފުރިހަމަކުރާ ފަރާތްތަކުގެ އިޤްރާރު، ތަމްރީން ފެށުމުގެ ކުރިން ފުރިހަކުރުމާއި އަދި ތަމްރީންވާ މުވައްޒަފުން އިޤްރާރުގައިވާގޮތަށް ޢަމަލު ކުރަމުންދޭތޯ މޮނިޓަރ ކުރުމާއި އަދި އިޤްރާރުގައިވާގޮތަށް ޢަމަލު ނުކުރާނަމަ ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުގެ ތެރެއިން ފިޔަޅު އެޅުމުގެ މަސައްކަތް ކުރުން. އަދި ފުރިހަމަ ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތެއް ކުރުން.
  6. ސިވިލް ސަރވިސް ޓްރެނިންގތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ހިންގާ އެހެނިހެން ޓްރޭނިންގތަކާއި ގުޅޭ އިދާރީ މަސައްކަތްތަކާއި، މުވައްޒަފުންގެ ކޮލިފިކޭޝަން  ރަޖިސްޓްރީ މެއިންޓެންކޮށް ބެލެހެއްޓުން. އަދި މުވައްޒަފުންގެ ކޮލިފިކޭޝަން/ސެޓްފިކެޓްތައް ސީ.އެސް. ވިއުގަރ އިން އަޕްޑޭޓުކޮށް ބެލެހެއްޓުން.
  7. އޮފީހަށް އަލަށް ގުޅޭ މުވައްޒަފުންނާއި ދިގު މުއްދަތުގެ ތަމްރީންތައް ނިންމާ އޮފީހަށް އެނބުރި އަންނަ ފަރާތްތަކަށް އިންޑަކްޝަން ޕްރޮގްރާމް ހިންގުމުގެ މަސައްކަތް  ކުރުމާއި ރެކޯޑް ބެލެހެއްޓުން.
  8. އޮފީހުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ރީސްޓްރަކްޗަރ ކުރަންޖެހޭ ޙާލަތުގައި ޕާމަނަންޓް ސެކްރެޓަރީގެ ލަފާމަތިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވިއުގާ ތެރެއިން ކުރުން. އަދި އޮނިގަނޑު ރިވިއު ކުރުމުމުގެ މަސައްކަތްތައް ކުރުމާއި އޮނިގަނޑާ އެއްގޮތަށް މަޤާމް އުފެއްދުމުގެ މަސައްކަތްތަކާއި، މަޤާމުތަކަށް މުވައްޒަފުން ވެއްދުމާއި ވަކިކުރުމާއި، ބަދަލުކުރުމާއި ގުޅިގެން ކުރައްޖެހޭ މަސައްކަތްތައް ކުރުން.
  9. މުވައްޒަފުންގެ ރެޖިސްޓްރީއާއި ރެކޯޑް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ސިސްޓަމަށް ޑޭޓާތައް އެންޓަރކޮށް، ޑޭޓާތައް ފުރިހަމަކުރަމުން ގެންދިއުން.
  10. އަލަށް ވަޒީފާއަށް އަންނަ މުވައްޒަފުންނަށް ޕްރޮބޭޝަން މުއްދަތުގައި ފުރިހަމަކުރަންޖެހޭ ކަންކަން އިންތިޒާމްކޮށް ފުރިހަމަކުރުމާއި މުވައްޒަފުންގެ ރަޖިސްޓަރީ އާއި ރިކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  11. އެޗްއާރް ސޮފްޓްވެއަރ (ކެޕްލަރ) ރެކޯޑްސް ގަވާއިދުން ޗެކްކުރުމާއި މުވައްޒަފުންގެ ޙާޟިރީއާއި ސަލާމް އަދި ޗުއްޓީއާ ގުޅޭ ކަންކަން ބެލެހެއްޓުމާއި ރެކޯޑްސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. މަހުން މަހަށް މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އެލަވަންސްތަކުގެ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި މުސާރާއާއި ގުޅޭ ރިޕޯޓްތައް ކެޕްލަރ ތެރެއިން ފައިނަލްކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުމާއި، އަދި ދިމާވާ މައްސަލަތައް ޙައްލުކޮށް، މިކަމާގުޅޭ މަސައްކަތްތަކުގެ ރެކޯޑް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  13. ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން އެކުލަވާލަންޖެހޭ އެސް.އޯޕީ.ތައް އެކުލަވާލުމުގެ މަސައްކަތްތަކުގައި އެހީތެރިވުމާއި، ކޮންމެ އަހަރެއްގެ ބަޖެޓް ހެދުމަށް ބޭނުންވާ އެޗް.އާރު ސެކްޝަންގެ މަޢުލޫމާތު ތައްޔާރުކޮށް ކަނޑައެޅޭ ތާރީޚްގެ ކުރިން ފޮނުވަންޖެހޭ ސެކްޝަނަށް ފޮނުވުން.
  14. ޚިދުމަތުން މެދުކެނޑޭ މުވައްޒަފުންގެ ޗުއްޓީ ގުޅުވުން.
  15. މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.
  16. ސެކްޝަނަށް ލިބޭ ސިޓީ އާއި ލިޔެކިޔުންތަކާއި އެންމެހައި އެންޓްރީތައް ބަލައިގަތުމާއި، ފޯން ކޯލްތަކަށް ޖަވާބުދިނުމާއި ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ އަދި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، އަހަރީ ރިޕޯޓަށް އެޗް.އާރ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް ފޮނުވުމާއި ބެލެހެއްޓުން. 
  17. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާއި ގުޅޭ މަސައްކަތްތައް ކުރުމުގައި ޕީއޭ އޮފިސަރަށް އެހީތެރިވެދިނުމާއި، އެޗް.އާރ.އެމް.ޑީގެ މަސައްކަތްތަކުގައި އެހީތެރިވެ ކުރިއަށް ގެންދިއުން. 
  18. ހިއުމަން ރިސޯސް ސެކްޝަނުގެ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތަކާއި، އޮފީހުން އަންގާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

   ބިޒްނަސް އެޑްމިނިސްޓްރޭޝަން

   ބިޒްނަސް މެނޭޖްމަންޓް

   ހިޔުމަން ރިސޯސް މެނޭޖްމަންޓް

   ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް:

ހިއުމަން ރިސޯސް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ހިޔުމަން ރިސޯސް މެނޭޖްމަންޓް

ނޯޓް: ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސެޓްފިކެޓެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ކަނޑައެޅިފައިވާ ޕޮއިންޓް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އޮފީހުގެ ވެބްސައިޓުންނާއި މި އޮފީހުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/downloads/15151

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައި ވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ގެ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން )އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިސްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. މީގެ އިތުރުން؛

- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓުގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޕްރެކްޓިކަލްއަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ޕްރެކްޓިކަލް އަދި އިންޓަރވިއު އޮންނާނީ 05 އޮކްޓޫބަރ 2022 އިން 20 އޮކްޓުބަރ 2022 އާ ދެމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި ޕްރެކްޓިކަލް އަދި އިންޓަރވިއުށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުޞޫލާގުޅޭ"  (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

15 ސެޕްޓެންބަރު 2022