ދިވެހިރާއްޖެ
މިމިނިސްޓްރީން 16 އޮކްޓޫބަރު 2014ގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ ހޯދުމަށް ކުރި އިޢުލާން (IUL) 30-G/1/2014/109) އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، މިމަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރަމެވެ.
1 (އެކެއް) |
ބޭނުންވާ އަދަދު: |
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ |
މަޤާމު: |
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) |
ސެކްޝަން: |
||
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް) |
މަސައްކަތް ކުރަންޖެހޭ ތަން: |
||
1 އަހަރު |
ވަޒީފާގެ މުއްދަތު: |
||
15,000ރުފިޔާ (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި) |
މުސާރަ: |
||
1- ދަނޑުވެރިކަމުގެ ދާއިރާއިން ނުވަތަ އެއާ ގުޅުން ހުރި ދާއިރާއަކުން އެންމެ ދަށްވެގެން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން 2- ފީލްޑްގައި ގިނަ ވަގުތު މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން 3- މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 4- ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން 5- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައިވުން 6- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ޝަރުޠު: |
||
މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅުއްވާނީ 3341836 އަށް ނުވަތަ ތިރީގައިވާ އެޑްރެސްތަކަށް އީމެއިލް ކުރައްވާ |
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: |
||
1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) 4- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކުރާނީ:
ޕްރޮގްރާމް މެނޭޖަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން
މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.