ދިވެހިރާއްޖެ
އިޢުލާން
މި ކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިއުމަށް ކޮށްފައިވާ ނަންބަރު (SDFC/IU/2022/042) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެކަމަށް އަލުން ހުޅުވާލަމެވެ.
ނީލަން ކިޔަން ބޭނުންވާ ތަކެއްޗާއި އެންމެ ކުޑަ އަގު
ނަން |
އަދަދު |
ނީލަން ފެށޭ އަގު |
ބިއްލޫރި ޝީޓް 8 އެމްއެމް |
22 |
16,790.40 ރުފިޔާ |
ނީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން:
ނީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 20 ސެޕްޓެމެބަރ 2022 ވަނަ ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ މައުލޫމާތު [email protected] އަށް ފޮނުއްވައިގެން ރެޖިސްޓަރކުރެއްވުން އެދެމެވެ.
- ނަން އަދި އައިޑެންޓިޓީ ކާޑު ނަންބަރު:
- ގުޅޭނެ ފަރާތުގެ ނަމާއި ފޯނު ނަންބަރު:
- އީމެއިލް އެޑްރެސް:
އަގު ހުށަހެޅުން
ތާރީޚް |
ގަޑި |
ތަން |
22 ސެޕްޓެމްބަރ 2022 |
15:00 |
މ. ކަނީރުވިލާ 2 ވަނަ ފަންގިފިލާ |
މުދާ ގެންދިޔުން
ނީލަން ކާމިޔާބު ކުރާތާ 36 ގަޑިއިރު ތެރޭގައި މި ކޯޕަރޭޝަންގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، މުދާ ގެންދަންވާނެއެވެ. މިގޮތުން މުދާ ގެންދިއުމުގެ އެންމެހާ އިންތިޒާމް ނީލަން ކާމިޔާބުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި، ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ މުދާ، ނީލަން ކާމިޔާބުކުރި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ނައްތާލެވޭނެއެވެ.
އިތުރު މައުލޫމާތު:
ނީލަމުގައި ބައިވެރިވެވޭނީ، ނީލަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުވާ ފަރާތްތަކަށެވެ.
މިކަމާގުޅޭ އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ ތިރީގައިމިވާ އީމެއިލް އަށް ފޮނުއްވައި ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
މ.ކަނީރުވިލާ 02 ވަނަ ފަންގިފިލާ،
އޯކިޑް މަގު، މާލެ 20212
އީމެއިލް: [email protected]
ފޯނު: 3026010