ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2014/605
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 06 އޮކްޓޫބަރު 2014 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/605

ތާރީޚު: 27 އޮކްޓޫބަރު 2014

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 15,246.00 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު  6,534.00 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ދާއިރާ:

ލޯ

ރޭންކް:

2

މަޤާމުގެ ޝަރުޠު:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޓޭބަލްކުރެވޭ ގަޑިއާއި ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވާރކްލޯޑް ޕޮލިސީއާ އެއްގޮތަށް ނެގުމާއި، ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.
  2. ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނުގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމަންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުމާއި، ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި ޕަރފޯމަންސް މޮނިޓަރކޮށް މެނޭޖްމަންޓްއަށް މަޢުލޫމާތު ދިނުން.
  3. ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރުކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

(ހ) އާ މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.

(ށ) ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

(ނ) ކަނޑައެޅިފައިވާ މުއްދަތުގައި މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް  ތައްޔާރުކޮށް އިމްތިޙާނު ދިނުމައި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް ސާފުކޮށް ނިންމުން.

(ރ) ޕާރޓްޓައިމް ލެކްޗަރަރއިން ދޭ މާއްދާތަކާއި އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް ސާފުކޮށް ނިންމުން.

(ބ) ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.

(ޅ) ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.

(ކ) ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި، އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

   4. ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން، އެކުވެރިކަމާއެކު، މަސައްކަތަށް ފަސްނުޖެހޭ، ޕްރޮފެޝަނަލް ރޫޙެއްގައި މަސައްކަތްކުރުން.

   5. އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.

   6. ކޯސް ކޯޑިނޭޓްކުރުމާއި، މާއްދާ ކޯޑިނޭޓްކުރުމާއި، ފެކަލްޓީޢާއި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުން.

   7. މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ މިނޫން ކަންތައްތައްވެސް ކުރުން.

ތަޢުލީމީ ހަރަކާތްތައް

  1. އެކަޑެމިކް އާ ޕްރޮގްރާމްތައް ފެށުމަށާއި އާކުރުމަށާއި ބަދަލުކުރުމަށާއި އުވައިލުމަށް ކުރަންޖެހޭ ކަންތައްތަކުގައި މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  2. ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި ހަރުދަނާ އެކަޑެމިކް ސްޓޭންޑަޑްތައް ތަނުގައި ޤާއިމުކުރުމަށް މަސައްކަތްކުރުން.
  3. ކޯސްތަކުގައި ކިޔަވައިދިނުން.
  4. ފެކަލްޓީގެ ތަޢުލީމީ އަދި ދަރިވަރުންނަށްދޭ އެކަޑެމިކް އެހީއާބެހޭ ޕްރޮގްރާމް ތަރައްޤީކޮށް، ހިންގައި ޕްރޮމޯޓްކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  5. މާއްދާތައް ކިޔަވައިދޭނޭ މުދައްރިސުން ހޯދުމުގައި އެހީވުމާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި، އިމްތިޙާނުތައް ހިންގުން.
  6. ދަރިވަރުންގެ ރެކޯޑުތައް ބަލަހައްޓަމުންދާ ތަންތަނުގައި، އެ ރެކޯޑުތައް ހުރީ ހަމައަށްތޯއާއި ރަނގަޅަށްތޯ ކަށަވަރުކުރުން.
  7. ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ތަޢުލީމީ އާ ސިޔާސަތުތައް ހުށަހަޅައި، ފާސްކޮށް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވުން.
  8. ތަނާގުޅޭ ރިސާރޗް ހަރަކާތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
27 އޮކްޓޫބަރު 2014