ނީލަން
ނަންބަރު: 134-CORP/I/2014/22
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 13:37
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

ފެލިވަރުގައި ހުރި ބާ ދަގަނޑުތަކަކާއި ކަރުދާސްތަކެއް ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2014 ނޮވެންބަރު 1 އާއި 2 ވަނަދުވަހު ފެލިވަރަށް ވަޑައިގެންނެވުމުން ތަކެތި ބެއްލެވުމާއި މަޢުލޫމާތު ސާފުކުރެއްވުމުގެ އިންތިޒާމު ހަމަޖެހިފައިވެއެެވެ.

ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ

  • 100 ޓަނު ޓިންފްރީ ސްޓީލް ސްކްރަޕް      ނީލަންފެށޭ އަގު ކިލޯއެއް -/4 ރުފިޔާ
  • 6 ޓަނު މެޓަލް ސްކްރަޕް             ނީލަންފެށޭ އަގު ކިލޯއެއް -/2 ރުފިޔާ
  • 1 ޓަނު ކަރުދާސް                 ނީލަންފެށޭ އަގު ކިލޯއެއް 1/50 ރުފިޔާ

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، ދެންނެވިފައިވާ އަގުތަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. މިތަކެތި ނީލަންކިޔުން އޮންނާނީ، 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00ގައި މިފްކޯގައެވެ.

ނީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުންވެސް -/10،000ރ. (ދިހަހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތުން، ނީލަން ނިމޭތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ތަކެތި ދޫކުރެވޭނީ، އެދުވަހަކު ގެންދާ ތަކެއްޗަކަށްވާ ފައިސާ ދެއްކުމަށް ފަހުގައެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބުކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަނބުރާ ނުލިބޭނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ދެވޭނެއެވެ.

29 ޛުލްޙިއްޖާ 1435

20 ޖުލައި 2014