ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-D/1/2022/66
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 21 ސެޕްޓެންބަރު 2022 00:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވެންޑަރ ލިސްޓް އެކުލަވާލުން

ވެންޑަރ ލިސްޓް އެކުލަވާލުން

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ޝޮޕިންގ" އުސޫލުން (ޖުމްލަ އަގު 35000/- ރުފިޔާއިން ދަށުގެ) މި ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ  ފުރުސަތު ހުޅުވާލަމެވެ.

ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ މިފަދަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދީ މި މިނިސްޓްރީގައި މިހާރު ލިސްޓުކޮށްފައިވާ ވެންޑާ ލިސްޓު އަޕްޑޭޓް ކުރުމެވެ.

ވީމާ، ވެންޑަރ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ވެންޑަރ ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމްގައި ބަޔާން ކުރާ ލިޔުންތަކާއެކު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/cxssRgAKee4YUWg48

 

ޕްރޮކިއުމަންޓް ޔުނިޓް

ފޯން: 4003965 / 4003966 / 4003667

އީމެއިލް: [email protected]

 

          18 ޞަފަރު 1444

14 ސެޕްޓެންބަރު 2022