ދިވެހިރާއްޖެ
(IUL)325-MS/325/2022/42 ނަމްބަރު:
އިޢުލާން
މަސްޖިދުލް ހިދާޔާގެ ފުރާޅު ބަދަލުކުރުން
މިކައުންސިލްއިން ދޭކުރެހުމަކާއި އެއްގޮތަށް މަސްޖިދުލް ހިދާޔާގެ ފުރާޅު ނަގާ ވަސްކޮޅު ތިރިކޮށް އަލުން 4 ފުރާލާށް ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެންބަރ 2022 ވާ ބުދަ ދުވަހު 13.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 28 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" މަސްޖިދުލް ހިދާޔާގެ ފުރާޅުބަދަލުކުރުން " މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
% 80 |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocated percentage |
މުއްދަތު |
% 15 |
v މުއްދަތަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ. |
Benchmark price/Submitted
|
ތަޖުރިބާ |
% 5 |
v ތަޖުރިބާ ގެ ލިޔުންތައް ހުށަހަޅާފައިވާނަމަ ( ޕްރޮފައިލް ) |
|
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.