ދިވެހިރާއްޖެ
ނަންބަރު: B3C/2022/02
އިޢުލާން
މިކޯޓުގެ ނަންބަރު B3C/2022/01 (21 އޮގަސްޓް 2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާތިލްކޮށް، މިކޯޓުގެ ބޮޑުދޮރު އެލްމިނިއަމް ދޮރަށް ބަދަލުކުރަން ބޭނުންވާތީ މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 21 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހު ހެނދުނު 10:30 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހު ހެނދުނު 10:30 އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ހުށަހަޅާ އެސްޓިމޭޓްތައް އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުއްވުންއެދެމެވެ. އަދި އުރައިގެ ބޭރުގައި އަގުހުށަހަޅާ މަސައްކަތާ، ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
14 ސެޕްޓެމްބަރ 2022