މަސައްކަތް
ނަންބަރު: ު: (IUL)307/INDIV/2022/64
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި:
25 ސެޕްޓެންބަރު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޓޭޝަން / އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ކޮޓޭޝަން / އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިރަށުގެ ގަބުރުސްތާނުގެ ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުރެވިވެލައްވާ އެންމެހާ ފަރާތްތަކަށް މި މަސައްކަތް ކޮށްދިނުމަށް ކޮޓޭޝަން/އަންދާސީ ހިސާބުން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަންދާދީ ހިސާބު ހުޝައަޅުއްވާއިރު ތިރީގައިމިވާ ކަންކަމަށް ސަމާލުކަންދެއްވުން އެދެމެވެ.
- މި މަސައްކަތުގެ މައުލޫމާތު ކަރުދާސް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 ގެ ނިޔަލަށް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
- ކޮޓޭޝަން/އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ މި މަސައްކަތުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ އެންމެހާ މަސައްކަތްތަކަށް.
- ހުށައަޅާ ކޮޓޭޝަން/އަންދާސީ ހިސާބުގައި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހުށައަޅާ އަގާއި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހުށައަޅާ މުއްދަތު، ސާފުކޮށް ބަޔާންކުރެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ކޮޓޭޝަން/އަންދާސީ ހިސާބުތަކުގައި ހުށައަޅާ ފަރާތުގެ ރަސްމީ ސިއްކަ ނުވަތަ ސޮއި އޮންނަންވާނެއެވެ.
- ކޮޓޭޝަން ނުވަތަ އަންދާސީ ހިސާބު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 2022 ސެޕްޓެމްބަރ 25 ވާ އާދިއްދަ ދުވަހުގެ 13:00 އެވެ.
- ކޮޓޭޝަން/އަންދާސީ ހިސާބު ހުށައަޅުއްވާނީ މި ކައުންސިލް އިދާރާއަށެވެ. އީމެއިލް ކޮށް ހުށައަޅާ ކޮޓޭޝަން/އަންދާސީ ހިސާބު ތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- ކޮޓޭޝަން ނުވަތަ އަންދާސީ ހިސާބު ހުށައެޅުމުގެ ދެވިފައިވާ ތާރީޚުގެ ފަހުން ހުށައެޅޭ އެއްވެސް ކޮޓޭޝަނެއް/އަންދާސީ ހިސާބެއް ބަލައެއް ނުގަނެވޭނެއެވެ.
- ކޮޓޭޝަން/ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
- ކައުންސިލް އިދާރާގެ ނަންބަރު: 6580052 (ރަސްމީ ގަޑީގައި) ނުވަތަ،
- އާމިނަތު ނުހާ، (ކައުންސިލް މެންބަރ)، ފޯން: 7749709
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ސެޕްޓެންބަރު 2022