ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A/1/2022/22
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 28 ސެޕްޓެންބަރު 2022 10:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސުޕްރީމް ކޯޓުގައި ވަކާލާތު ކުރާނެ ވަކީލަކު ހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރާނެ ވަކީލަކު ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ (IUL)195-A/1/2022/19 (29 އޯގަސްޓް 2022) ނަންބަރު އިޢުލާނާ ގުޅިގެން ޝަރުތު ހަމަވާ އަންދާސީ ހިސާބެއް ލިބިފައިނުވާތީ، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އާ މެންދުރު 12:00 އާ ދެމެދު މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. މި ބީލަމުގެ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް މި ކޮމިޝަނުން ދޫކުރާނެއެވެ.

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 28 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މި ކޮމިޝަންގެ 3303501  ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

13 ސެޕްޓެމްބަރ 2022

17 ޞަފަރު 1444

13 ސެޕްޓެންބަރު 2022