ބީލަން
ނަންބަރު: (IUL)GS-29/2022/007
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި:
02 އޮކްޓޫބަރު 2022 11:00
ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
- ވިޔަފާރި އުސޫލުން 2022 ނޮވެމްބަރ 01 އިން 2023 އޮކްޓޯބަރ ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެގޮތައް ސިޓީއެއް ފޮނުވަންވާނެއެވެ. އަދި ނަން ނޯޓް ނުކުރާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަދަންނަވަމެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ސެޕްޓެންބަރު 19،18 މި ދެ ދުވަހުގެ ހެދުނު 8.00 ން 12.00 އަށް މި މަދަރުސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހުގެ 11.00 ގައި ގއ. އަތޮޅުމަދަރުސާގައި އޮންނާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2022 އޮކްޓޫބަރު 02 ވާ އާދީއްތަ ދުވަހު 11:00 ގައި މި މަދަރުސާގެ އިދާރާގައެވެ.
- މި ޕްރޮޖްކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދެފާތުން ބިޑްހުށެހެޅުމާއި ގުޅިގެން ކުރިން ކޮށްފައިވާ ނަމްބަރ GS-29/2022/05 ގެ އިޢުލާން ވަނީ ބާޠިލު ކޮށްފައެވެ.
ގއ.އަތޮޅުމަދަރުސާ / ގއ.ކޮލަމާފުށި
-ފޯނުނަމްބަރ: 7983072 - އީމެއިލް އެޑްރެސް: [email protected]
14 ސެޕްޓެންބަރު 2022